ފޭކު ސީވީ (ވަނަވަރު) ހަދައިގެން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސަރުކާރުގައި ވަޒީފާ އަދާ ކުރަމުން ގެންދިޔަ އޮސްޓްރޭލިއާގެ އަންހެނަކު ޖަލަށް ލައިފިއެވެ.

ސީއެންއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އުމުރުން 46 އަހަރުގެ ވެރޯނިކާ ހިލްޑާ ތެރިއައުލްޓް ވަނީ ފޭކު ސީވީ އެއް ހަދައިގެން ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމު ހޯދާފައެވެ. އެ މަގާމުގައި ހުންނަ މީހަކަށް އަހަރެއްގެ މައްޗައް 270،000 އޮސްޓްރޭލިއަން ޑޮލަރު ލިބޭނެއެވެ. އެއީ ދިވެހި ރުފިޔާ އިންނަމަ 2,856,374 އެވެ.

ނަމަވެސް، މިހާރު ވެރޯނިކާގެ މައްޗައް ވަނީ އޮޅުވާލުމާއި، ދޮގުހެދުމުގެ އިތުރުން އާއްމު އޮފީހެއްގެ ހުރުމަތް ކަނޑާލި ކަމުގެ ކުށް ސާބިތުވެ، 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާފައެވެ.

ވެރޯނިކާ އެ ވަޒީފާ ހޯދަން ހުށަހެޅި ސީވީގައި އޭނާ ތައުލީމީ ހަޔާތާއި، ކުރިން ވަޒީފާ އަދާ ކުރި ތަންތަނާއި ބެހޭ ގޮތުން ވަނީ ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައެެވެ. ކޯޓު އަޑުއެހުމުގައި އޭނާ އާއި ދެކޮޅަށް ކުރި ދައުވާގައި ދައުލަތުން ވަނީ އޭގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ވެރޯނިކާ ފޭކު ސީވީ ބޭނުންކޮށްގެން ވަޒީފާ ހޯދާފައިވާކަން ހާމަކޮށްފައެވެ.

ހުކުމް އިއްވަމުން ޣާޒީ ބުނެފައި ވަނީ ފޭކު ސީވީ އެއް ހަދައިގެން ވެރޯނިކާ ހޯދި ވަޒީފާ އަކީ އޭނާ ހާސިލް ކޮށްފައިވާ ތައުލީމާއި އެކަށީގެންވާ ވަޒީފާ އެއް ނޫން ކަމަށާއި، އެހައި ބޮޑު މުސާރަ އަކާއި އެކު އޮޅުވާލައިގެން އެ ވަޒީފާ ހޯދިއިރު އެ ވަޒީފާގައި އުޅޭޭ އިރު ލިބޭ މައުލޫމާތު ތަކަކީ ވެރޯނިކާ އަށް އެނގެން ޖެހޭ މައުލޫމާތުތަކެއްވެސް ނޫން ކަމަށެވެ.

ޔޫއޭއީގައި ފޭކް ސީވީ ތައްޔާރުކޮށް ވަޒީފާ އަށް އެދޭ އިރު ހުށަހެޅުމަކީ ގާނޫނީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަހަހަހަހަހަ

    އާޝްކް ލަފްތަން އަންލަމާޒުގަ ވާގޮތަށެންނު މިވީ. ހަޔަތް ވެސް ސުނާގެ ނަމުގަ ލީ.

    • ޝިފޫ

      ތިޔޮތީ ވަރަށް އެނގިފަ. ސީވީ ރަނގަޅު. އޭނަ އުޅެނީ ސުނާގެ ނަމުގަ އޭނަގެ ސީވީ ބެނުން ކޮށްގެން.

      1
      2
      • މޫސް

        ބަލަ ސީވީ ގަ އެހެންނަމެއް އިނީމަ ސީވީ ރަގަޅީކޮންގޮތަކަށް