އިންޑިއާގެ މަޝްހޫރު އެކްޓަރ، ކުނާލް ކެމޫގެ އެންމެ ފަހުގެ ފިލްމް، "ލޫޓްކޭސް"، އަންނަ އަހަރު އޭޕްރިލް މަހު ނެރޭގޮތަށް އިއުލާނުކޮށްފިއެވެ.

ރާޖޭޝް ކްރިޝްނާން ޑައިރެކްޓްކޮށް ފޮކްސް ސްޓާ ސްޓޫޑިއޯސްގެ ފަރާތުން ޕްރޮޑިއުސް ކުރާ ކޮމެޑީ ފިލްމެއް ކަމަށްވާ، "ލޫޓްކޭސް" ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ދިހަ ވަނަ ދުވަހުއެވެ.

މީގެ ކުރިން މި ފިލްމް ނެރެން ހަމޖެހިފައި އޮތީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އޮކްޓޯބަރު މަހާއި ހަމައަށް ފިލްމުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ.

އަންނަ އޭޕްރިލް މަހު މި ފިލްމް ނެރޭނެކަން، ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ހާމަކޮށްފައިވާއިރު، މިހާރު ފިލްމުގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ.

ފިލްމް "ލޫޓްކޭސް" އަކީ އިންޑިއާގެ އާދައިގެ ދިރިއުޅުމެއް އުޅެމުން އައި އާއިލާއަކަށް ނިސްބަތްވާ ފިރިހެނަކަށް ބޮޑު ފޮއްޓެއްގެ ފުރާ ހުރި ފައިސާ ފެނުމުން ކަންތައްވެގެންދާ ގޮތުގެ މައްޗަށް ބިނާކޮށް ކުޅޭ ހެއްވާ މަޖާ ފިލްމެކެވެ.

މި ފިލްމުން ކުނާލްގެ އިތުރުން، ގަޖްރާޖް އާއި ރަސިކާ ޑުގާލް އާއި ރަންވީރު ޝޯރޭ އަދި ވިޖޭ ރާޒް ފަދަ ތަރިން ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ލޫޓް ކޭސް މިރާއްޖޭގަ ހުޅުވިތާ އަހަރެއްވެއްޖެ? ދައުލަތުގެ ބަޖެޓްގަ ފޫވެސްނެތްކަމަށްވަނީ..އަނެއްކާ އަންނަ އަހަރުވެސް ލޫޓްވަން 37ބިލިޔަން ކޭޝް ހަމަޖައްސައިފި..ބޮލީވުޑުން ޑައިރެކްޓްކުރިގޮތަށް ބޮލީވުޑަށް ބައިއަޅަމުން ލޫޓްވަނީ...