ފާރުގައި ޓޭޕް ކޮޅެއް ބޭނުން ކޮށްގެން ހަރުކޮށްފައިވާ ދޮންކެޔޮވަކެއް 120،000 އެމެރިކާ ޑޮލަރަށް އާޓިސްޓަކު ވިއްކާލައިފިއެވެ.

މި ދޮންކެޔޮވަށް މިއާމީ ބީޗްގައި ކުރިއަށްދިޔަ އާޓް ގެލެރީއެއްގައި ދައްކާލާފައިވަނީ އިޓާލީ އަށް ނިސްބަތްވާ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓަލެނެވެ. ކެޓަލެން އަކީ މީގެ ކުރިން އެތަކެއް ތަފާތު ކުރެހުންތަކުން މަޝްހޫރުވެފައިވާ އާޓިސްޓެކެވެ. އެގޮތުން މީގެ މަސްތަކެއް ކުރިން ވަގަށް ނަގާފައިވާ ރަން ފާހާނާ ތައްޓަކީވެސް އޭނާ ފަރުމާކޮށްފައިވާ ތައްޓެކެވެ.

އާޓް ގެލެރީގެ މީޑީއާގެ ބޭފުޅަކު ސްކައި ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މައުރީޒިއޯ އެދާއިރާއަށް އެނބުރި އައިސްފައިވަނީ 15 އަހަރުގެ ބްރޭކަކަށްފަހު ކަމަށެވެ. އަދި އެގޮތަށް އޭނާ އެނބުރި އައުމުން އެންމެންވެސް ވަރަށް އުފާވެފައިވާ މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

މައުރީޒިއޯ ފުރަތަމަވެސް އެތަނަށް ގޮސް ތައްޔާރު ކޮށްލީ ތަފާތު އެއްޗެކެވެ. އަމިއްލަ ވިސްނުން ބޭނުންކޮށް ތަފާތު ކުރެހުންތަކާއި ތަކެތި ތައްޔާރު ކުރަމުން އަންނަ މައުރީޒިއޯ މިފަހަރު ޓޭޕް ބޭނުން ކޮށްގެން ދޮންކެޔޮވަކެއް ފާރުގައި ހަރުކޮށްލުމުން ގިނަ ބަޔަކު ދިޔައީ ސިއްސައިގެންނެވެ.

މައުރީޒިއޯ ބުނެފައިވަނީ އެއީ ހަމަ އެކަނި ދޮންކެޔޮވަކެއް ނޫން ކަމަށާއި އެއިން ވަރަށް ގިނަ ކަންތައްތައް ދޭހަ ކޮށްދޭ ކަމަށެވެ. އެގޮތުން ދުނިޔޭގެ ވިޔަފާރިވެސް އެއިން ފެނިގެންދާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިކަމަށް އޭނާ ވިސްނަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެފައިވާ ކަމަށެވެ. އޭނާ އަކީ މީގެ ކުރިން މިފަދަ ތަކެތި ބޭނުން ކޮށްގެން ވިސްނުމެއް ނެތި އެއްޗެހި ހަދަމުން އަންނަ ހުނަރުވެރިއެކެވެ.

https://www.instagram.com/p/B5q1-q9lSMN/?utm_source=ig_embed

 

އޭނާ ފުރަތަމަ ތައްޔާރު ކުރި ދޮންކެޔޮ ވިއްކާލާފައިވަނީ ފްރާންސްގެ އަންހެނަކަށެވެ. ދެވަނައަށްވެސް ވިއްކާލާފައިވަނީ ފްރާންސް އަށް ނިސްބަތްވާ ފިރިހެނަކަށެވެ.

މައުރީޒިއޯ ބުނީ، އޭނާ ދޮންކެޔޮވަކުން ތައްޔާރު ކޮށްލާނެ އެއްޗެއް ނޭނގިގެން ވިސްނަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެފައިވާއިރު ދަތުރުކުރަމުން އަންނަ ކޮންމެ ތަނަކަށް ތަނީ އެ ދޮންކެޔޮވަށް ހިފައިގެން ކަމަށެވެ.

ދޮންކެޔޮވަށް އެގޮތަށް ޓޭޕްކޮޅެއް ބޭނުންކޮށްގެން ހަރުކޮށްފައި އަގުބޮޑުކޮށް ވިއްކަން ޖަހާފައިވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ. އެ ވާހަކަތަކަށް ރައްދު ދެމުން މައުރީޒިއޯ ބުނެފައިވަނީ އެ ދޮންކެޔޮވަށް ހަރުކޮށްފައިވަނީ ވަކި ގޮތަކަށް ބަލާފައި ކަމަށާއި، އެއީ ހަމަ އާދައިގެ ގޮތަކަށް ހަރުކޮށްފައިވާ ދޮންކެޔޮވަކެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާލަތް

    މީހާލަކީ، މިވެރިންގެ. މި މީހުން އުޅޭގޮތަށް ނޫޅެވިގެން މިތެޅެނީ. ހޭބަލިވަނީ. ދިވެހިން ދިވެހިން ގޮތުގަ ތިބުން މާރަނގަޅު. މި މީހުންނާ މި މީހުންގެ ޑިމިކްރަސީ އޮޅާލާފަ ނަޝީދު ބުރއަށް އަރުވާލަންވީ

    14
  2. އަރޫ

    ހަހަހަހަހަހަ މީތި ދޮންކެޔޮ ނިހާނަށް ނުދައްކާތި

    8
    1
  3. ރޮނޑާ

    ނޫނޭ. ކަލޭ ތީ އިޓަލީ އައް ނިސްބަތް ވާ ފައްކާ ހިޔަޅެއް. ބޯ ކާލައި ގެން ލާރިގަޑެއް ދަމައި ގަތީނުން.

    10
  4. ފަރޭ

    ބޯ ކެވޭނީ ވެސް ބުރާންތިން ގިނަ ވީމަ ދޯ. މާދަމާ ފާރުގަ ބާމް ފުޅިއެއް މޮހޮރެއް ޖަހާ ހަތުކޮއްފާނެ. ދެން މިއުޅޭ ބުރާންތިން އެ ބަލާފަ ފޮޓޯ ނަގަ ނަގާފަ އެ ހަރުކުރި މީހާ މަޝްހޫރު ވީމަ އެ ގަންނަނީ. ޑޮލަރު ގިނަވެގެން ކުރާނެ ކަމެއް ނޭންގިގެން އުޅެނިއްޔާ ފަގީރުންނައް އެހީވެބަލަ