2020 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީގެ މަޤާމަށް އަވައްޓެރި ސްރީލަންކާގެ ރީތީގެ ރާނީ، ކެރޮލީން ޖޫރީ ހޮވިއްޖެއެވެ.

ކެރޮލީންއަށް 2020 ވަނަ އަހަރުގެ ތާޖު ލިބިފައި ވަނީ، އެމެރިކާގެ ލަސްވެގަސް ގައި ކުރިޔަށް ދިޔަ 2020 ވަނަ އަހަރުގެ ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައެވެ.

 

ކެރޮލީން 2020 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީގެ މަޤާމަށް ހޮވިފައިވާއިރު، އޭނާއަކީ ސްރީލަންކާގެ ރީތީގެ ރާނީވެސް މެއެވެ.

މިއީ ލަންކާއަށް ނިސްބަތްވާ މީހަކަށް ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބު ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މަޤާމަށް ހޮވުނީ ލަންކާގެ ސެނަނަޔަންކެ އެވެ. އޭނާ އަށް ރީތީގެ ރާނީގެ ތާޖު ލިބިފައި ވަނީ 1984 ވަނަ އަހަރު އެވެ.

އެމެރިކާގައި ކުރިޔަށްދިޔަ ރީތީގެ ރާނީ ހޮވުމުގެ މުބާރާތުން ފައިނަލުގައި ވާދަކޮށް ދެވަނައަށް ދިޔައީ އަޔަލޭންޑުގެ ރީތީގެ ރާނީއެވެ. އަދި ތިންވަނައަށް ދިޔައީ އެމެރިކާގެ ވާޖިން އައިލޭންޑްސްގެ ރީތީގެ ރާނީއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާައަސްލަމް

    އެއްއަހަރު ކުރިން ދޭ ތާޖެއްތަ؟

    21
    1
  2. ރޮނޑާ

    އެއައް ބޮޑު އެމެރިކާގައި މީނައައްވުރެ ރީތި ކުއްޖަކު ނެތީތަ؟

    23
    1
  3. ޢަލީ

    މަރުޙަބާ! އަހަރެމެންނާ ވަރަށް ކައިރިއަށް އައީ ދެން އަންނައަހަރު ވާދަކުރަންވާނެ، އެބަތިބި ރަނގަޅުކުދިން. މިހާރުއްސުރެ ފަށަންވީ ޑައިޓު ޖެއްސުމާ ވަނާތައް ރީތިކުރުންފަދަކަންކަަން ކުރިއަށް ގެންދަންފަށަންވީ ކުދިންކޮޅެއް ހޮވަން އަވަހަށް އެތެރޭގެ މުބާރާތް އިންތިޒާމް ކުރަންވީ، މިކަންކުރަން ޖެންޑަ މިނިސްޓަރާ ހަވާލުކުރުން އެންމެ ރަނގަޅީ

    15
    32
    • ނަޝީ

      ޖެންޑަރ މިނިސްޓަރު ބައިވެރިވެއްޖިއްޔާ ތާޖުއަތުލާނެ.

      28
  4. މިސިޒް

    މިސިޒް ނޮޓް މިސް

    29
  5. ?

    ????????

    3
    2
  6. މޫސުންބަހާރު

    ޢަލީ މިމަންޖެއާ އިނދެގެން ގެނެސް ދިވެހި ރައްޔިތު ކަން ދޭންވީނު. އޭރަށް ވަނަ ލިބުނީއޭ ރާއްޖެއަށް

  7. އާދަމް

    މިސިޒް ނޮޓް މިސް ... ފުކެއްބޮޑުވަރު