އެމެރިކާގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، އެޤައުމުގައި އުފަންވާ ކުދިންނަށް އެންމެން ގިނައިން ކިޔާ 10 ނަމުގެ ތެރޭގައި "މުހައްމަދު" ގެ ނަން ހިމެނިއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެމެރިކާގެ ތުއްތު ކުދިންގެ މަޢުލޫމާތު ބަލަހައްޓާ 'ބޭބީ ސެންޓަރ' އިން ނެރުނު އެމީހުންގެ މިއަހަރުގެ ރިޕޯޓާ އެކުގައެވެ. މުހައްމަދުގެ ނަން މިދިޔަ އަހަރު އޮތީ އެ ލިސްޓުގެ 14 ވަނައިގައެވެ. 4 ދަރަޖައިގެ ކުރިއެރުމަކަށްފަހު މިހާރު 10 ވަނައަށް އެމެރިކާގެ ކުދިންނަށް އެންމެ ގިނައިން ކިޔަނީ މުހައްމަދު އެވެ.

ބޭބީސެންޓަރ އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މުހައްމަދު ގެ ނަން އަންނަނީ ވަރަށް ބޮޑުތަނުން އެޤައުމުގައި މަޝްހޫރު ވަމުންނެވެ. އެންމެ ފުރަތަމަ އެ ނަން އެންމެ ގިނައިން ކިޔާ 100 ނަމުގެ ލިސްޓަށްވެސް އެރީ 2013 ވަނަ އަހަރުގެ ތެރޭގައި ކަމަށް ބޭބީސެންޓަރ އިން ހާމަކުރެއެވެ. މާނަޔަކީ ދުނިޔޭގެ އެންމެ "ތަހުޒީބު" ޤައުމުކަމަށް ދަޢުވާ ކުރާ އެމެރިކާގައި އެންމެ 7 އަހަރު ތެރޭގައި މުސްލިމް ނަމެއް ކަމަށްވާ މުހައްމަދު ކިޔާ ކުދިން، ބޮޑު ތަނުން އިތުރުވެގެން ގޮސްފައިވާކަމެވެ.

"މުސްލިމް އާއިލާތަކުން އާއްމުގޮތެއްގައި އެމީހުންގެ ފުރަތަމަ ފިރިހެން ދަރިފުޅަށް މުހައްމަދު ގެ ނަން ދޭ، އެއީ ރަސޫލާ އަށް އެމީހުން ކުރާ އިހުތިރާމެއްގެ ސަބަބުން، އަދި އެކަމުގެ ސަބަބުން އެމީހުންގެ ދަރިންނަށް ބަރަކާތް ލެއްވުން އެދި." ބޭބީ ސެންޓަރުގެ ބައިނަލްއަޤްވާމީ ޗީފް އެޑިޓަރު، ލިންޑާ މުރޭ މިކަމާ ގުޅޭގޮތުން ކިޔާދިނެވެ. އޭނާ ބުނިގޮތުގައި މުހައްމަދު ގެ ނަމަކީ އެތައް މާނައެއްވެސް އެކުލެވޭ ނަމަކަށް ވުމަކީވެސް އެ ނަން ގަދަ 10 ގައި ހިމެނިފައިވާ އެއް ސަބަބު ކަމަށެވެ.

އެމެރިކާގައި އެންމެ ގިނަ ފިރިހެން ކުދިންނަށް ކިޔާ ނަމަކީ 'ލިއާމް' އެވެ. އެންމެ ގިނަ އަންހެން ކުދިންނަށް ކިޔާ ނަމަކީ 'ސޯފިއާ' އެވެ. ބޭބީ ސެންޓަރ އިން ހާމަކުރާ ގޮތުގައި މިދިޔަ އަހަރުގެ ރިޕޯޓު އެމީހުން ތައްޔާރު ކޮށްފައިވަނީ 6 ލައްކައަށްވުރެ ގިނަ ބެލެނިވެރިން ދީފައިވާ މަޢުލޫމާތަށް ބިނާކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮހޮޮދު

    ތިޔަ ނިމުނީނު. ދުނިޔެ ދެން ދާނީ އަމާންވަމުން ބިރުވެރިކަން ނެތެމުން.

    2
    5
  2. ނަން

    ބޯގޯސް

    1
    6
    • މަކިނބޫ

      ކަލޭ ބޯގޯސް ވީމަ ދޭތެރެއަށް ނުވަންނާނީ.

      3
      2