އެޕަލްގެ ޕްރޮޑަކްޓުތަކަކީ ދިވެހި ޒުވާނުން މިހާރު އެންމެ ލޯބި ކުރާ ޕްރޮޑަކްޓުތަކެވެ. މުސާރަ ލިބުމާއި އެކު ފައިސާކޮޅެއް އެއްކޮށްލައިގެން އެންމެ ފުރަތަމަވެސް ބަލަނީ އައިފޯނެއް ގަނެގެން އެއާޕޮޑާއި އައިވޮޗް ވަދަ ސާމާނު ގަނެވޭތޯއެވެ.
ހުއްދަ ގޮތުގައި މަސައްކަތް ކޮށްގެން މިފަދަ ތަކެތި ގަތުމަކީ އެއްވެސް މައްސަލަ އެއް ނޫނެވެ. މި އުޅެނީ އެއާޕޮޑް ޖަހައިގެން އިން ދިވެހި ޒުވާނަކަށް ކުރެވުނު ތަފާތު ތަޖުރިބާ އެއްގެ ވާހަކަ ކިޔައިދޭށެވެ.
މި ހަފްތާ ތެރޭގައި މާލޭގައި ދިރިއުޅެމުން އަންނަ އެ ޒުވާނާ ވަނީ ކެފޭ އަކަށް ރައްޓެހިންތަކަކާއި އެކު ކޮފީ އަކަށް ގޮސްފައެވެ. އެތަނުގައި ވާހަކާގައި ތިބެތިބެފައި އެންމެންވެސް ފޯނާއި ކުޅެން ތިބުމުން އެ ޒުވާނާވެސް ވަނީ އެއާޕޮޑް ނަގައި ކަންފަތުގައި ޖެހުމަށްފަހު ވަރަށް ބާރަށް ލަވަ ޖަހާފައެވެ.
އޭގެ އިރުކޮޅެއް ފަހުން އެ ޒުވާނާ ފޮޑި އެއް ޖަހަން ބޭނުންވިއެވެ. އަދި ކެފޭ ތެރޭގައި ބާރަށް ލަވަ ޖަހާފައި ހުރުމުން އެއްވެސް މީހަކަށް އަޑު ނީވޭނެ ކަމަށް ހީކޮށް އެ ޒުވާނާ ވަނީ އެއްވެސް ޖެހިލުމެއް ނެތި ފޮޑި ޖަހާފައެވެ.
އަސްތާއެވެ! ކަންތައް ވީގޮތް އެ ޒުވާނާ އަށް ރޭކާލީ މާ ފަހުންނެވެ. ހަގީގަތުގައި އެ ކެފޭ ތެރޭގައި ލަވައެއް ޖަހާފައެއް ނެތެވެ. ލަވާ ޖަހާފައި ހުރީ އޭނާގެ އެއާޕޮޑުންނެވެ. އެ ޒުވާނާ ޖެހި ބާރު ފޮޑި އާއި އެކު ކެފޭ ތެރޭގައި ތިބި އެންމެންގެ ނަޒަރު އެ ޒުވާނާ އަށް އެވަގުތު ހުއްޓުނެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެއީ ހަޔާތުގައިވެސް އެންމެ ބޮޑަށް ލަދު ގަންނަން ޖެހުނު އެއް ދުވަހެވެ. މިފަދަ ކަމެއް ތިއިން މީހަކަށް ދުވަހަކުވެސް ކުރިމަތިވި ހެއްޔެވެ؟
ފޮޑިޖެހި މީހަކީ ކާކުކަންވެސް ބުނެލިނަމަ ސަޅިވީސް ލޮލްސް
???????????????????????.
ހުސް ފޭކް ވާހަކަ.
ޢެޒުވާނާ ވައިބޭރު ކޮށްލި ގޮތް ވަރަށް ކޫލް
ނަސީބެއްނު ފޮޑި އަކާ އެއްކޮއް ސީ ނުލެވުނުކަން
ސަޅި ކަމެއް. މަވަރަށް ކުރާ ކަމެއް
ފޮޑިބެ
ކުރީ ދުވަހެއްގައި ސަރުކާރު އޮފީހަކަށް ގޮސް 3 ފްލޯރ އިން ތިރިއަށް ފައިބަން ލިފްޓަށް އަރަން ހުރީ މަ އެކަނި އެވަގުތު އައި ފޮޑިއެއް ވަރަށް ހަމަޖެހިލާގެން ޖަހާލާފިން ފޮޑިދިގުކަމުން ގުރައުންޑް ފުލޯރއަށް އައިއިރުވެސް ކޮޅަކަށްނުދޭ މަދެން ފޮޑި ހިފަހައްޓާފިން އެއިރު ތިބި ލިފްޓް އަރަން ބަޔަކު ލިފްޓް އެތެރެއަށް ވަދެފަ ބުރާންތި އަރާގެން ނުކުމެއްޖެ.. މަށަށްދެން ހެވެނީ އޭރުވެސް އެމީހުން ވަދެފަ ހަދާނެގޮތަކުން.. އެއީ މަޖާކަމެއް.. މިހާރު މިބަލަނީ އޭސީކޮއްފަ ހުންނަ ފިހާރައަކަށް ކުނިބިސްކާގެން ފޮޑިއެއްޖަހަން.. މީހުން އުޅޭނެ ގޮތެއް ބަލަން
ތީ އައްޑޫ މީހެއްތަ ؟
އާދަކޮށް ހިމަކޮށް ފޮޑި ތަޅަންޏާ ހާލު ފޮޅިއެއްހެން އޮޅިދާނޭ...
ކަންފަތައް އެއްޗެއް ޖަހައިގެން ލަވަޖަހަން އެނގޭ. އެވަރުންވެސް އޭނަ ހީކުރީ ކެފޭ އިން ލަވަ ޖަހަނީ ކަމައް؟ ހިސާބައް ވުރެއް ބުރާންތި ވީމަ ވާނެ އެކަހަލަ ކަންތައް ވެސް
Haha
Thee maja
މިއަދުމަވެސް ތިކަންތައްކޮއްފިން، ކޮފީއައް ގޮސްއިންދާ އެންމެން ފޯނާކުޅެން ފެށީމަ މަވެސް ފޯނުނަގައިގެން ވަގުތު ހާވަމުންދަނިކޮށް މިއާޓިކަލް ފެނިގެން މަކުރިކަމަކީ ކޮފީ މޭޒުގަ އިން ރައްޓެއްސެއްގެ އެއާޕޮޑު ހޯދައިގެން ހެސްކިޔާފަ ބާރަށް ޖޭމް ދޮންކަމަނަގެ ލަވައެެއް ޖަހާފަ ފޮޑިއެއް މިޖެހީ، އެކަމް ކެފޭ ތެރޭތިބި އެކަކައްވެސް ރޭކާވެސް ނުލި، އެމީހުނަށް މަފޮޑިޖެހިކަން ނޭގުނީމަ އަހަންވެސް އެހިން، ޖެހިގެން ދެފަރާތައް ހުރި ދެމޭޒުގަ ތިބިމީހުން ކައިރީވެސް އެހިން މަ ޖެހި ފޮޑީގެ އަދުއިވުނުތޯ، އެކަމް އެމީހުން ބުނީ އަޑެއްނާހަމޯ، ގެޔައްގޮސް ބެލިއިރު ކަމަކުދާކައްނެއް، ޖަގިޔަލައްހުރީ ގުއި ރެވިފަ..