ހިމާޔަތްކޮށްފައިވާ ފުއްލާތަކެއް މަރާލިކަމަށް ބުނާ މައްސަލައިގައި ޖަލަށް ލުމަށްފަހު ސަލްމާނު ދޫކޮށްލިކަމުގައިވިޔަސް، އޭނާ ޤައުމުން ފުރައިން ދިޔުން މަނާކޮށްފައި އޮތުމުން، "ރޭސް 3" ގެ ޝޫޓިންތަކެއް ލަސްވެއްޖެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ އެންމެ ފަހު ޝެޑިއުލުގެ ޝޫޓިންތައް ކުރުމަށް ހަމަޖެހިފައި އޮތީ ދެކުނު އެފްރިކާގައެވެ. އަދި، މި މަންޒަރުތަކުގައި ފިލްމުގެ ބަޠަލް، ސަލްމާން ޚާން ހަރަކާތްތެރިވާން ޖެހެއެވެ.

ޝޫޓިން އަށް ޤައުމުން ބޭރަށް ދެވެން ނެތުމުން، އިންޑިޔާގެ އެތެރޭގައި މި މަންޒަރުތައް ކުޅެވޭނެ ގޮތެއް ބަލަމުންދާކަމަށް، "މިޑް ޑޭ" ނޫހުން ބުނެފައިވެއެވެ. އެނޫހުން ބުނެފައިވާ ގޮތުގައި އިންޑިޔާގެ އުތުރުގެ ލޭ ނުވަތަ ލަޑަޚުގައި މި މަންޒަރުތައް ނެގުމަށް، ފިލްމު އުފައްދާ ފަރާތްތަކުންވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ފިލްމުގެ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ، މިޑް ޑޭ އަށް ބުނެފައިވަނީ 10 ދުވަހުގެ ތެރޭގައި ސަލްމާން ފިޔަވައި، ދެން ފިލްމުގެ ވަރުގަދަ ރޯލުތަކުން ފެންނަ ތަރިން ލޭ އަށް ދާނެކަމަށެވެ. އެހެންނަމަވެސް، އެކަމުގެ އިތުރު ތަފްސީލު އޭނާ ދީފައެއް ނުވެއެވެ.

އޭގެ ބަދަލުގައި ރެމޯ ބުނެފައިވަނީ ލޭ އާއި ލަޑަޚުން، ފިލްމަށް ރަނގަޅު ލޮކޭޝަންތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރީޒަން

    ސަލްމާނަށް ޤައުމުން ބޭރަށް ނުދެވޭތީ "ރޭސް 3" ގެ ޝޫޓިން ލަސްވެއްޖެ ނަމަ އެއީ މަމެން ވަރަށް ދެރަވެ ހިތާމަ ކުރާކަމެކޭ. ސަލްމާން އަކީ އެއީ އިންޑިއާ އަށް އަހަރަކު 10 މިިލިއަން ޑޮލަރަށް ވުރެން މަތީ ޓެކްސް އެއް ދައްކާ ވަރަށް މޮޅު ދުނިޔޭގެ ފެންވަރުގެ ސްޓާރެކޭ. ސަލްމާން އަށް ޖެހޭނެއޭ ގައުމުން ބޭރަށް ދެވޭ ގޮތް ހަދާ ދޭން އިންޑިއާގެ ބޮޑު ވަޒީރޭ ވެސް. ހީ އިޒް ދަ ޕާރފެކްޓް ޕާރސަން ފޯރ ދަ ބޮލީވުޑް އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ ހީ އިޒް ދަ ޕާރފެކްޓް ހީރޯ އާރފްޓަރ މައިކަލް އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ދެޓް ޔޫ ބެޓަރ ގިވް ހިޒް ފުލް އިންޑިޕެންޑެންސީ. އައި އޭމް ސޮރީ ހީ ކެނޮޓް ބީ ކަންޓްރީ އެރެސްޓެޑް ލައިކް ދިސް އިޓްސް ސަމްތިންގް ދެޓް އައި ކާންޓް ލިވް ވިދް އެވްރީޑޭ އިޓްސް ވެރީ ޕެއިން ފުލް އިފް ޔޫ ހާރޓް ހިމް. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ޓު ރިލީޒް ހިމް އެން ދަ ރީޒަން އިޒް ދެއަެރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަެރ އެން ދަ ރީޒަން އިޒް ދެއަރ އައި ވޝް ދެޓް ޔޫ ކުޑް ރިލީޒް ހިމް ނައު ކަމޯން ބޭބީ ސްޓޭންޑް އަޕް ފްރޮމް ދަ ޗެއަރ ޕުޓް ޔުއަރ ހޭންޑްސް އިން ދި އެއަރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްނސް ޑާންސް ޑާންސް ޑާންސް...