ފަލަވެފައި ހުރިހެން ހީވި ނަމަވެސް ބަނޑު ފުއްޕައިގެން ވެސް ބޮޑުވެފައި ހުރެދާނެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުއްލިއަކަށް ފަލަވުން ނުވަތަ ބަނޑުހައިވެފައި ހުންނައިރުވެސް ބަނޑުލައިފައި ހުރުމަކީ ސިއްހީ މައްސަލައަކާއިހުރެ ދިމާވެފައިވާ ކަމަކެވެ.

ބަނޑު ފުއްޕަން ދިމާވަނީ މި ސަބަބުތަކާއި ހެދިއެވެ. އެއީ މައްސަރުގެ މައްސަލަ ދިމާވުން، ޑައިޓެއްގެ ސަބަބުން، އެލާޖީ، ހަޖަމުކުރުމުގައި މައްސަލަ ދިމާވުން، ޑިހައިޑްރޭޝަން އަދި ކޮންސްޓިޕޭޝަން ހިމެނެއެވެ. އެހެންކަމުން މިމައްސަލަތައް ދިވާމާނަމަ ލަސްނުވެ ފަރުވާ ކުރާށެވެ. އެގޮތުން މިއީ ގޭގައި ކުރެވޭނެ ފަރުވާއެވެ.

ހެނދުނު ހޭލާފައި ހުސްބަނޑާއިހުރެ ހޫނު ލުބޯފެން ތައްޓެއް ބޯލާށެވެ. އަދި ބައި ގަޑިއިރުފަހުން ހެނދުނުގެ ނާސްތާކުރާށެވެ. އަދި ނާސްތާގައި ބުއިމަކަށް ގުރީންޓީއަށް ލުނބޯކޮޅެއް ފެލައިގެން ބޭނުންކުރާށެވެ.

ފެން ހަށިގަނޑުން ބޭރުވާވަރަކަށް، ހަށިގަނޑަށް ފެން ލިބެންޖެހޭނެއެވެ. ފެނަކީ މީހެއްގެ ހަށިގަނޑަށް ވަރަށްވެސް މުހިންމު އެއްޗަކަށްވާއިރު ހަށިގަނޑުން ބޭރުވާވަރަށް އިތުރުނުވާނަމަ އިތުރު މައްސަލަތައް ދިމާވާނެއެވެ. ހަޖަމުކުރުމުގެ މައްސަލަވެސް ފެންމަދުވުމުގެ ދިމާވާއިރު ފެން ބުއިމަށް އާދަކުރުމުން ގިނަ ކަންކަން ހައްލުވެއެވެ.

ޓްރޮޕިކަލް މޭވާތައް ގިނައިން ކާށެވެ. އޭގެ ތެރޭގައި އަލަނާސީއާއި ފަޅޮލަކީ އެންމެ ފައިދާހުރި ދެ މޭވާއެވެ. އެއީ ޕެޕެއިން އަދި ބްރޮމެލައިން ކިޔާ މާއްދާއެއް އެކުލެވޭ ދެ މޭވާއެކެވެ. އޭގެ ސަބަބުން ޕްރޮޓީންސް އާއި ކާނާ އަވަހަށް ހަމަޖުކޮށްދޭނެއެވެ.

ކާން ބޭނުންކުރާ އެއްޗެހީގައި ހުންނަ ވިޓަމިން ލެވަލް ކިޔާށެވެ. ކެއުމުގައި މިހާރު ބޭނުންކުރާ ބައެއް ތަކެތީގައި ލެކްޓޯސް ނަމަކަށް ކިޔާ މާއްދާ ވަރަށް ގިނަ އަދަދަކަށް ހިމެނެއެވެ. ލެކްޓޯސް ގިނަ އިން ހިމެނޭތަކެތި ބޭނުންކުރުމުން މައްސަލަ ވާނީ އިތުރެވެ. އެހެންކަމުން ވިޓަމިން ލެވަލް ކިޔުމަށް އާދަކުރާށެވެ. އަދި ގުލެޓެން، ހަކުރު ނުވަތަ ލެކްޓޯސް ހިމެނޭނަމަ އެތަކެތި ބޭނުންނުކުރާށެވެ.