ފިރިހެން މީހާއަށް އަމިއްލަ ކައިވެންޏަށް ލަހުން ދެވެމުން އަންހެން މީހާ އެހެން ފިރިހެނަކާއި ކައިވެނި ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ބިޖްނޯރުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ ކައިވެނި ކުރަން އޮތް ތަނަށް ހާޒިރުވެފައި ވަނީ ގަޑިޖެހިގެންނެވެ. އެކަމާއިވެސް އަންހެން މީހާ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އެ ފިރިހެން މީހާއަށް ވަނީ އަންހެން މީހާގެ އާއިލާގެ ނުލަފާކަން ވެސް ދައްކާލާފަ ކަމަށެވެ. އެގޮތުން އޭނާ ވަނީ ބަންދުތަނެއްގައި ބަހައްޓައިގެން ތަޅާފައި ކަމަށްވެސް މީޑީއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

މިހާދިސާ ހިނގުމުގެ ކުރިން އެ އަންހެން މީހާގެ އާއިލާއިން ވަނީ އެ މީހުންގެ ހުރި ހުރިހާ މުދަލެއްވެސް އަތުލައިގެންފައެވެ. ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއާއިލާއިން ބޭނުންވީ އެ މީހުންގެ މުދާ އަތުލަން ކަމަށެވެ. މިގޮތަށް މި ކަން ހިނގުމުން އެއަންހެން މީހާ ވަނީ ފަހުން އެ ފިރިހެން މީހާއާއި އިންނަން ދެކޮޅު ހަދާފައެވެ.

ފުލުހުން ބުނެފައިވަނީ އެ ދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި އެކަމަށް މީގެ ކުރިން ފަރިތަވެސް ކޮށްފައިވާ ކަމަށެވެ. އެ ފަރިތަކުރުމަށް ފަހު އަންހެން މީހާ ފިރިހެން މީހާގެ އާއިލާއާއި ބައްދަލުނުކޮށް އަވަހަށް އަސްލު ކައިވެނި ކުރަން އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ހިޔާލު ބަދަލުވެފައިވަނީ ފިރިހެން މީހާގެ އާއިލާއިން އަންހެން މީހާގެ އާއިލާއަށް ދީފައިވާ ބަދަލުތަކުން ކަމަށެވެ. އެގޮތުން ފިރިހެން މީހާގެ އާއިލާއިން އޭނާއަށް ސައިކަލެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ހޯދަން އެދުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި ހަމަނުޖެހުން ހިނގާފައި ވަނީ އެ އަންހެން މީހާގެ އާއިލާއިން ބޭނުންވާ ވަރަށް ފައިސާ ނުދިނުމުން ކަމަށް ވެއެވެ.

ފިރިިހެން މީހާގެ އާއިލާއިން އެގޮތަށް ހަމަނުޖެހުން ހިންގުމުން އަންހެން މީހާ ވަނީ ރުޅި އިސްކޮށްގެން ކައިވެނި ނުކޮށްދާން ވެސް ނިންމާފައެވެ. އަދި ފުލުހަށް އެ ދެ އާއިލާއިން ދީފައިވާ ބަޔާނުގައި އެއް އާއިލާއިން އަނެއް އާއިލާއަށް ކުށްވެރިކޮށްފައިވެއެވެ.

އެހެން ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ހަމަޔަކަށް އެޅުވުމުންވެސް އަންހެން މީހާ އެ ފިރިހެން މީހާއާއި ކައިވެނި ކުރަން އެއްބަސްނުވެ، އޭނާ ވަނީ އެހެން މީހަކާއި ކައިވެނިކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗިކޫ

    ވަރަށް ސަޅި! ހަބޭސް!