މީގެ ދެދުވަސް ކުރިން އެއްލައްކަ ޑޮލަރަށް ވިއްކާފައިވާ ދޮންކެޔޮވަކެއް އާޓިސްޓަކު ބަނޑުހައި ވެގެން ކާލައިފިއެވެ.

މި ދޮންކެޔޮވަތް ކާލާފައިވަނީ އެ ދޮންކެޔޮވަށް 120،000 އެމެރިކާ ޑޮލަރަށް ގަތް ނިއު ޔޯކްގެ ޕާފޯމަންސް އާޓިސްޓެއް ކަމަށްވާ ޑޭވިޑް ޑަޓުނާ އެވެ. އޭނާ ބުނެފައިވަނީ ދޮންކެޔޮވަށް މާ ބޮޑަށް ފާވެ ބަނޑުހައިވެގެން ކާލީ ކަމަށެވެ.

އެކަމާ ގުޅިގެން ކެޓެލަން ބުނެފައިވަނީ އެ އާޓްވޯކްގައި ހިމެނޭ ދޮންކޭލަކީ ހަމައެކަނި ހިޔާލެއް ކަމަށެވެ. އަދި އެ ހިޔާލުގެ މައްޗަށް އިތުރު އެއްޗެހި ބޭނުންކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ބައިނަލްއަގުވާމީ ވިޔަފާރި" ރަމްޒުކޮށްދޭ ގޮތަށް އިޓާލީ އަށް ނިސްބަތްވާ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓަލެން ތައްޔާރު ކޮށްފައިވާ ކުރެހުމެކެވެ. ކެޓަލެން އަކީ މީގެ ކުރިން އެތަކެއް ތަފާތު ކުރެހުންތަކުން މަޝްހޫރުވެފައިވާ އާޓިސްޓެކެވެ. އެގޮތުން މީގެ މަސްތަކެއް ކުރިން ވަގަށް ނަގާފައިވާ ރަން ފާހާނާ ތައްޓަކީވެސް އޭނާ ފަރުމާކޮށްފައިވާ ތައްޓެކެވެ.

އެއާޓް ވޯކްގެ ބާނީ އެމަނުއެލް ޕެރޮޓިން ބުނެފައިވަނީ އެ ދޮންކެޔޮވަށް ކާލިއަށް ބަދަލުވާނެ ކަމަށާއި، އެކަމަށް ސެޓްފިކޭޓްއެއް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ވުމުން އެ އާޓް ގެއްލިގެން ނުދާނެ ކަމަށްވެސް އެމަނުއެލް ވަނީ ބުނެފައެވެ.

މައުރީޒިއޯ އެނބުރި މިދާއިރާއަށް އައިސްފައިވަނީ 15 އަހަރުގެ ބްރޭކަކަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު