ބައެއް ޖަނަވާރަކީ އެސޮރުމެންނަށް ކޮށްދޭ ކަންކަން ދަންނަ އެއްޗެއްސެވެ. އެއެއްޗެއްސަށް ހެޔޮކޮށް ހިތާ އިންސާނުންނަށް އެސޮރުމެންވެސް ހެޔޮކޮށް ހިތައެވެ. އިތުބާރުވެސް ކުރެއެވެ. މިއީ އެފަދަ މިސާލެކެވެ. އިންސާނަކާ ޖަނަވާރަކާ ދެމެދު އޮތް އެކުވެރިކަމުގެ ލާމަސީލު މިސާލެކެވެ.

އެމެރިކާގެ ފްލޮރިޑާގެ ޓެމްޕާ ބޭގައި ހުންނަ އެމިއުޒްމަންޓް ޕާކެއްގައި އުޅޭ ގޮރިއްލާ އަކާއި، އެގޮރިއްލާއަށް ކަންކަން ދަސްކޮށްދޭން ކަނޑައަޅާފައި ހުންނަ ޓްރެއިނަރުގެ ވީޑިޔޯއެއް ދާދިފަހުންވަނީ މީސްމީޑިޔާގައި ވައިރަލްވެފައެވެ.

މި ވީޑިޔޯއިން ފެންނަ ގޮތުގައި ޓްރެއިނަރުގެ ކޮންމެ ހަރަކާތެއްވެސް، މި ގޮރިއްލާ ކުރެއެވެ. އަދި، ދެ ފަރާތުގެ އިޝާރާތްތަކާއި ހަރަކާތްތައްވެސް ދެ ފަރާތަށް އެނގެއެވެ. ހަމައެހެންމެ، ގުޅިގެންދާ ހަރަކާތްތައްވެސް، މި ދެ ފަރާތުން ކުރެއެވެ.

މިކަމާ ގުޅިގެން މި ޕާކުން ބުނެފައިވާ ގޮތުގައި މި ވީޑިޔޯގައި ފެންނަ ޓްރެއިނަރ ރަޝެލް އާއި އެގޮރިއްލާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން، ޖަނަވާރާއެކުވެސް ގުޅުންތައް ބަދަހިކޮށް، އިތުބާރު ކުރެވިދާނެކަން ހާމަވެއެވެ.

މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި އާއްމުވެފައިވާ މި ވީޑިޔޯއަށް ކޮމެންޓްކޮށްފައިވާ ބައެއް ފަރާތްތަކުންވަނީ މިކަނާ ހައިރާންވެސްވެފައެވެ. ހަމައެހެންމެ، ބައެއް ފަރާތްތަކުން ބުނެފައިވަނީ ޖަނަވާރު ގެންގުޅުމަށް މިކަމުން އިތުރު ހިތްވަރެއް ލިބިއްޖެކަމަށެވެ. އަދި، އިންސާނުންނަކީ އިތުބާރު ކުރެވޭނޭ ބައެއްކަން ހާމަވިކަމަށްވެސް މީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ތީކީ އާކަމެއް ނޫން ކަލޭނޭ. އަހަރުމެންގެ ކާބަފައިން އަބަދުވެސް އަހަރުންދެކެ އިންތިހާ ލޯވިވޭ. ތިއޮތީ މަތިމަތިން ހެކިފެންނަން.

    • އަލި ދީދީ

      ކާބަފައިންނޭ؟؟؟ ކަލޭ ތީ އިންސާނުން އުފެދުނީ ރާމާމަކުނުން ކަމަށް ގަބޫލު ކުރާ ޖާހިލަކީތަ؟ ކަލޭގެ ވިސްނުން ކޮށިކާމާ މެދު ދެރަވެ ހިތާމަކުރަން...