ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ބިޒީ ކޮށް އުޅެމުންވެސް އޭނާގެ ހަޔާތުގެ ބައެއް ސަފްހާތަކުގެ ފޮޓޯތައް މީސް މީޑިއާގެ ސަމާލުކަމަށް ގެނެއެވެ. އެ ފޮޓޯތައް އިންސްޓަގްރާމަށް ލައި އެތައް ބައެއްގެ ސަމާލުކަން ހޯދައެވެ.

މިގޮތަށް އޭނާ ފޮޓޯ ހިއްސާކުރާތާ ދުވަސްތަކެެއް ވެފައިވާއިރު، ދާދި ފަހުން އޭނާ އިންސްޓަގްރާމަށް ލި އޭނާއާއި ބެސްޓްފްރެންޑް ޑިވްޔާ ނަރާޔަންގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާުލުކަން މިވަނީ ލިބިފައެވެ.

އުމުރުން 33 އަހަރުގެ ޑިޕިކާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދިޕިކާ ރީނދޫ ކުލައިގެ ހެނދުމެއް ލައިގެން ހިނިތުންވެފައި ހުރި މަންޒަރެވެ.

https://www.instagram.com/p/B5zdW8YAxwK/?utm_source=ig_embed

އެ ފޮޓޯ ހިއްސާކުރުމާއެކު، ގިނަބަޔަކު ދިޔައީ އެއަށް ހާޓް އެމޯޖީ ކޮމެންޓް ކުރަމުންނެވެ.

މީގެ ކުރިންވެސް އޭނާ މީސް މީޑިއާއަށް ލި ކުޑައިރުގެ ބައެއް ފޮޓޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބޭއިރު، އޭނާގެ ފިރިމީހާ ރަންވީރު ސިންގުވެސް އެ ފޮޓޯތަކަށް ކޮމެންޓް ކުރެއެވެ.

ދީޕިކާ މަސައްކަތުގެ ތެރެއިން މިހާރު ދަނީ ޗައްޕާކް ފިލްމް އެޅުވުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އެ ފިލްމުން ފެނިގެން ދާނީ އެސިޑްގެ ހަމަލާއަކުން ސަލާމަތްވި މީހެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    މި ދެން އަޅެ ޙަބަރެއް...

    10
  2. ޕްރިޔަންކާ ޔޫ އާ މައި ކްރަޝް

    ދުނިޔޭގަ ހުއްޓާ މިމަންޒަރުވެސް ފެނިއްޖެ...އާނ މީ ހަބަރެއް...

    2
    5