އެމެރިކާގައި، މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ވަކިކޮށްފައި އޮތް ހިތެއް، ކާމިޔާބުކަމާއެކު އަލުން މަސައްކަތް ކުރުވަން ފަށައިފިއެވެ.

އެމެރިކާގެ ޑޫކް ޔުނިވާސިޓީގެ ތަޖުރިބާކާރުންތަކެއް މި ހިތް އަލުން މަސައްކަތް ކުރުވާފައި ވަނީ، ރައްކާތެރި މާހައުލެއްގައި އެ ހިތް ބޭއްވުމަށްފަހު ހިތް ބަދަލު ކުރަން ޖެހިފައިވާ މީހެއްގެ ހަށިގަނޑާއި އެ ހިތް ގުޅުވައިގެންނެވެ.

އާންމު ގޮތެއްގައި ހިތް ބަދަލު ކުރަން ޖެހިފައިވާ މީހުންނަށް ހިތެއް ލިބެނީ މަރާއި ކުރިމަތިވެ ބޮޑު ބައްޔެއްގައި އުންމީދު ކަނޑާލާފައިވާ، ނުވަތަ ދިމާވާ ހާލަތެއްގެ ސަބަބުން ސިކުނޑި މަރުވެފައިވާ މީހުންގެ ފަރާތުންނެވެ. މިގޮތުން ޑޯނަރެއް ލިބޭއިރު، ހިތް ނަގާ މީހާ ދުނިޔެޔާއި ވަކިވާން ޖެހެއެވެ.

ނަމަވެސް ޑޫކް ޔުނިވާސިޓީގެ ތަޖުރިބާކާރުން ކުރިޔަށްގެންދިޔަ މި ކާމިޔާބު އޮޕަރޭޝަނަށްފަހު، ދިރުމެއްނެތް ހަށިގަނޑަކުން ނަގާ ހިތަކަށް ދިރުން ގެނެވޭނެކަން މިހާރު ވަނީ ޔަޤީން ކުރެވިފައެވެ. މިކަމުގެ ސަބަބުން ހިތުގެ މައްސަލަތަކާއި ކުރިމަތިވެ ހިތް ބަދަލުކުރަން ޖެހިފައިވާ ފަރާތްތަކަށް ވަނީ އުންމީދު އާވެފައެވެ.

ހިތް ބަދަލު ކުރުމަކީ އާދައިގެ ކަމަކަށް ނުވާއިރު، އެކަމަށްޓަކައި ކުރަންޖެހޭ އޮޕަރޭޝަން އެތައް އިރަކަށް ދިގުލައިގެން ދެއެވެ. އެތައް ގަޑިއިރަކަށް ދެމިގެންދާ މި އޮޕަރޭޝަންގައި ތަޖުރިބާކާރު ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވާއިރު، ގިނަ ކަންކަމަށް ސަމާލުކަންދޭން ޖެހެއެވެ. އެއީ ހިތަށް ބޭނުންވާ އެންމެހާ ބައިތައް ހިނގަންޖެހޭ މަގުން ހިންގެވުމާއި އެކު ހިތުގެ މަސައްކަތްތައް ހަށިގަނޑަށް ބޭނުންވާ ގޮތަށް ކުރެވޭނެ ގޮތް ހެދުމަށްޓަކައެވެ.

ޑޫކް ޔުނިވާސިޓީގެ ތަޖުރިބާކާރުން މި ހިތް ބަލި މީހާގެ ހަށިގަނޑަށް ލައްވާފައި ވަނީ، ހިތް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައި ޔަޤީން ކުރުމަށް ފަހުއެވެ. މި އޮޕަރޭޝަނަށްފަހު، ހިތް ބަދަލުކުރި މީހާގެ ހާލު ރަނގަޅު ކަމަށް އެފަރާތްތަކުން ބުނެއެވެ.

އިންސާނެއްގެ ހިތް ބަދަލު ކުރުމަކީ މީގެ 50 ވަރަކަށް އަހަރު ކުރިން ފަށާފައިވާ ކަމަކަށް ވީނަމަވެސް، ޑޫކް ޔުނިވާސިޓީގެ ތަޖުރިބާކާރުން ކޮށްފައިވާ މި ކާމިޔާބު އޮޕަރޭޝަނަކީ މިހާތަނަށް މަރުވެފައިވާ މީހެއްގެ ހިތެއް މަސައްކަތް ކުރުވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަހުލު

    ކޮބާ ޝޭޚުންގެ ބަސް؟

    4
    24
    • ހަސަން

      ކީއްކުރަން ޝޭޚުންގެ ބަސް ހޯދަނީ. ހިތު ވިންދަކީ ފުރާނަހުރިކަމުގެ އަލާމާތެއްނޫން. ފުރަަނަ އަޅުވާކަމަށް ދީނުގަ އޮންނަނީ 4 މަހުގެ. އޭގެ މާ ކުރިން ވިންދު ޖަހަންފަށާ

      21
      1
    • Anonymous

      ޝޭހުންގެ ބަހެއް ނޫން މުހިންމީ ކަލޭގެ މުނާފިގުކަން އެނގުނީ

      11
      2
  2. މީހާ

    މޮޅުވީހީ ތިޔަ ހިތް ލައްވައިގެން އެމަރުވިމީހާ ދިރުނުނަމަ.

    27
    5
  3. Anonymous

    "މިގޮތުން ޑޯނަރެއް ލިބޭއިރު، ހިތް ނަގާ މީހާ ދުނިޔެޔާއި ވަކިވާން ޖެހެއެވެ."

    ގަސްތުގަ މީހަކު މަރާލާފައެއްނު އެހެންމީހަކަށް ހިތް ތިލެއްވެނީ..
    މޮޅެއް ނުވިއެއްނު..

    12
    7
  4. ަދސފރ

    ހިތުގައޮ ހުންނަ ސެލްތައް މަރުނުވަނީސް އަލުން އެސެލްތަކަށް ލޭލިބި މެނުއަލްކޮށް ޕަމްޕްކޮށްގެން މަސައްކަތް ކުރިޔަސް އަދި އެއީ ފުރާނަ އެޅުނީކީ ނޫން.
    ދެން އެހިތް އެމަރުވިމީހާ ހަށިގަނޑަށް ލެއްވިޔަސް އެމީހާ ދުނިޔެއަކަށް އެނބުރި ނާންނާނެ.
    ބުރިވެފައި އޮންނަ އިނގިލިވެސް ފްރިޖަށްލައި ފިނިކޮށްގެން ހަފްތާއެއްދުވަސް ފަހުންވެސް ގުޅުވޭ.
    މިއީ އެކަހަލަ ނަމަވެސް ވަރަށް އުނދަގޫކަމެއް.