ޔޫރަޕްގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް މިއަހަރުގެ ޖޫން މަހު ކުޅުނުއިރު ފައިނަލް މެޗްގެ ތެރެއިން ދަނޑަށް އެރި ރަޝިއާގެ މޮޑެލްއެއް ކަމަށްވާ އުމުރުން 22 އަހަރުގެ ކިންސޭ ވޮލަންސްކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

އޭނާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ އަންސާނާ ވެލަވަރު މޯލްޑިވްސް ގައެވެ. ކިންސީ ގެންދަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ބައެއް ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ޓޮޓެންހަމް އާއި ލިވަޕޫލް ބައްދަލުކުރި ފައިނަލް މެޗްގައި ކިންސޭ ދަނޑަށް އެރުމާއި ހަމައަށް އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރީ 230000 މީހުންނެވެ. ނަމަވެސް އެމެޗަށް ފަހު އޭނާ އަށް ބޮޑު މަޝްހޫރު ކަމެއް ލިބި އިންސްޓަގްރާމްގައި މިހާރު އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 3.3 މިލިއަނަށް އަރައެވެ.

https://www.instagram.com/p/B4fwC0Shaet/

ޗެމްޕިއަންސް ލީގުގެ ފައިނަލް ކުރިއަށް ދަނިކޮށް ދަނޑަށް އެރުމުން ކިންސޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް މެޗް ނިމުމާއި އެކު އޭނާ ދޫކޮށްލިއެވެ.

ކޮޕަ އެމެރިކާގެ ފައިނަލް މެޗްގައި ވެސް ދަނޑަށް އަރަން ކިންސޭ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ދަނޑަށް އެރުމުގެ ކުރިން މެޗްގެ ސެކިއުރިޓީން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ކިންސޭ ވަނީ އޭނާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗްގައި ދަނޑަށް އެރީ މަޝްހޫރު ވާން ވެގެން ކަމަށް ބުނެފައެވެ. އަދި އެމެޗަށް ފަހު އޭނާ އަށް ވަނީ މޮޑެލް ކުރުމުގެ ގިނަ ފުރުސަތުތަކެއް ވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޮޖިކް

    ކައިލީ އަކައް ނުކެރޭ ރާއްޖެއައް ޗުއްޓީ ހޭދަކޮއްލާކައް
    މަރުހަބާ ކިންސޭ ވެލްކަމް ޓު ދިވެހިރާއްޖެ

    30
    2
  2. ޔޮ

    ބުޑެއް އެބަ އޮތް ދޯ

    33
    4
    • ޔޮ ގެ ބަފާ

      ކަލެއަށް އަދި އަސްލު ބުޑެއް ފެނިއްޖެނަމަ މޮޔަވާނެ ދޯ.

      23
      1
    • އަލިބެ

      އެވަރަށް އިތި ކުރީމަ ދުނބުރި ދަނޑިން ވެސް ތިބުނާއެތި ފެނިދާނެ

  3. ިޮފަލިނަރަ

    ކޮބަ ވިޓަލީ

    16
    1
  4. ބަފާބޭ

    މިކަހަލަ ރީތިކުދިން ރާއްޖެއަކު ނޫޅޭދޯ..

    16
    4
    • އާވިމް

      މިއަށްވުރެ ރީތިކުދިން ރާއްޖޭގައި އުޅޭ. އެގޮތަށް ފޮޓޯނުނަގާތީ ނުފެންނަނީ.

      30
      3