އެމެރިކާގެ މެދުއުމުރުގެ މީހަކުގެ ފައިގައި ފައިދިގު މަކުނެއް ދަތް އެޅުމުން ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ގުއިލް އަގުއިލް ނަމަކަށް ކިޔާ ފިރިހެނެއްގެ ފައިގައި ފައިދިގު މަކުނެއް ދަތް އެޅީ އޭނާ މަސައްކަތް ކުރަމުން ގެންދާ ޕާކް ޑޭލް ލޭން އެލެމެންޓްރީ ސްކޫލްގެ ގޯތިތެރެ ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ގުއިލް އަކީ އެ ސްކޫލްގެ މަސައްކަތު މީހެކެވެ.

ގުއެލް ސްކޫލްގެ ގޯތިތެރެ ސާފު ކުރަން އުޅުނުއިރު އޭނާ މަސައްކަތް ކުރަމުން ގެންދިޔަ ސަރަހައްދުގައި ފައިދިގު މަކުނުތަކެއް އުޅުނުތަން އޭނާ އަށް ފެނުނެވެ. ނަމަވެސް އެއީ މާނުރައްކާތެރި ކަމެއް ކަމަށް އޭނާ ހިއެއް ނުކުރެއެވެ. މަސައްކަތް ނިންމާލި ފަހުން ބޫޓު ތެރެއިން ފައި ހިރުވާތީ ބަލާލިއިރު ފައިދިގު މަކުނެއް ބޫޓް ތެރެގައި އޮތެވެ. އެހައި ހިސާބުން ވެސް އެއީ ނުރައްކަލެއް ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

ގުއެލްގެ ހާލު ގޯސްވީ އޭގެ ދެތިން ދުވަސް ފަހުންނެވެ. ތެންކްސް ގިވިން ފާހަގަ ކުރަން އެރިޒޯނާ އަށް ގޮސް ހުއްޓާ ގުއެލް ބަލިވުމުން ޑޮކްޓަރަށް ދެއްކުމާއި އެކު ވަގުތުން އޭނާ އެޑްމިޓްކޮށް ފަރުވާ ދޭން ފެށިއެވެ. ޑޮކްޓަރުން ބުނީ ގުއެލްގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ އެއް ފައިގެ ކަކުލުން ފެށިގެން ތިރި ބުރިކޮށްލައިގެން ކަމަށެވެ. ފުރާނަ ސަލާމަތް ކުރެވޭނެ އިތުރު ގޮތެއް ނެތުމުން މިހާރު އޭނާގެ ފައި ވަނީ ބުރިކޮށްލާފައެވެ.

ގުއެލް އަށް އެހީވުމަށް އޭނާ މަސައްކަތް ކުރި ސުކޫލްގެ ޓީޗަރުން މިހާރު ވަނީ "ގޯފަންޑް" ގައި ފަންޑެއް ހުޅުވާފައެވެ. އެފަންޑަށް މިހާތަނަށް ދިހަހާސް ޑޮލަރު ލިބިފައިވެއެވެ.

ފައިދިގު މަކުނުގެ 48000 އަށް ވުރެ ގިނަ ވައްތަރު އުޅޭ ކަމަށް ވެއެވެ. އޭގެ ތެރޭގައި އިންސާނުންގެ ފުރާނަ އަށް ނުރައްކާ ކުރާ ވިހަ އެކުލެވޭ ގިނަ ބާވަތްތަކެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރާއްކޭގައިވެސް އެބައުޅޭ ގުއިލް އަގުއިލް ނަމަކަށް ކިޔާ ބުރިފިސޮރެއް