ސްކޮޓްލޭންޑްގެ ސިޓީއެއް ކަމަށްވާ ގްލާސްގޯގެ އުމުރުން 52 އަހަރުގެ އަންހެނަކު ހަދިޔާއެއްގެ ގޮތުން އެންމެ ބޭނުންވަނީ ދަތްޕިލައިގެ ކުރީ ދެ ދަތެވެ.

3 ކުދިންގެ މަންމަ އެއްކަމަށްވާ އެންޖެލާ މެކްގިލްގެ ދަތްޕިލައިގެ ދެ ދަތް ވެއްޓިފައި ވަނީ ބިސްކޯދުކާން އުޅުގެ ތެރޭގައެވެ. އޭނާ ބުނެފައިވަނީ ދެ ދަތް ވެއްޓުމުން އޭނާއަށް އެނގިފައި ނުވުމުން ހެފުނީ ކަމަށެވެ. އަދި އެ ދެ ދަތަކީ ޖަހާފައިވާ ދެދަތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އެ ދެދަތް ބަނޑުން ނަގަން އުޅެފިއްޔާ އޭނާ އަށް ގެއްލުން ވެދާނެ ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެ ދަތް އޭނާ ކާ އެއްޗިއްސާއެކީ ހަޖަމްވެގެން ފާހަނާއަށް ދިއުން ކަމަށެވެ.

އެންޖެލާ އެ ދެދަތް ޖަހާފައިވަނީ މިއޭނާގެ އަނގައި ކުރިން ހުރި ދެދަތް ހަލާކުވުމުންނެވެ. އޭނާ ދަތް ޖެހީ މިދިޔަ މަހު އެވެ. އޭނާގެ އެދެދަތް ހަލާކުވެފައިވަނީ އުމުރުން 11 އަހަރުގައި ފަތަން ގޮސް އުޅުމުގެ ތެރޭގައެވެ.

"އެ ދެދަތް ހަލާކުވިއިރު އުމުރުން އެންމެ 11 އަހަރު. ފަތަންގޮސް އުޅެނިކޮށް ކުއްޖަކު ކުއްލިއަކަށް ފުއްމާލީ އަހަރެންގެ ބޯ މައްޗަށް. އެވަގުތު މޫނު މަތި ގޮސް ޖެހުނީ ޕޫލުގެ އަރިމަތީ" އެންޖެލާ ބުންޏެވެ.

އެންޖެލާ ބުނީ އޭނާ އޮޅުމަކުން ދެ ދަތް ހެފިގެން ކަރުގައި އެޅުމުން ގަބޫލު ނުކުރެވެނު ކަމަށެވެ. ސަބަބަކީ ޑޮކްޓަރުންތަކެއް ޖަހާފައިވާ ދަތެއް ނައްޓާލައިގެން ދިއުމުން ކަމަށެވެ. އަދި އެގަޑީގައި އޭނާ ކާން ހުރި އެއްޗެއްގެ ސަބަބުން އެއްވެސް ގޮތަކަށް އެއީ ދަތެއްކަން ނޭނގުނު ކަމަށެވެ.

އޭނާ ވަނީ އޭނާގެ އާއިލީމީހުން ގާތު ކްރިސްމަސް ކުރިއަށްއޮތުމުން ދެދަތް ހަދިޔާ ކުރުމަށް އެދިފައެވެ. އަދި އޭނާއަށް އެދެދަތް ލިބޭނެކަމުގެ އުއްމީދު އޮތްކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު