ފުރާ ފުރިހަމަވުމުން ކޮންމެ މީހަކުވެސް ވާހަކަ ދައްކާ އެކުގައި ވަގުތު ހޭދަކޮށް އަދި ކައިވެންޏަކާ ހަމަޔަށް ދާން ބޭނުންވެއެެވެ. އެހެން ނަމަވެސް ބައެއް ފަހަރު ހިތްކިޔާ ބައިވެރިޔަކު ނުލިބި އެކަނިވެރިކަން ތަހައްމަލުކުރަން ޖެހޭ ފަހަރު ފަހަރުވެސް މަދެއް ނޫނެވެ.

"ކަލޭ މަރުވާނީ އެކަވެރިކަން މަތީގައި ހުރެއޭ" ކިޔައި ރައްޓެހިން ދިމާ ކުރޭ ހެއްޔެވެ؟ ކިތަންމެ ވަރަކަށް އަންހެން ކުއްޖަކު ހޯދަން މަސައްކަތް ކުރިއަސް އެކަން ބޭކާރުވޭ ހެއްޔެވެ. އަބަދު އެކަހަލަ ކަންކަން ވާތީ ފިކުރު ބޮޑުވެ މާޔޫސް ވޭހެއްޔެވެ. އެހެން ވެއްޖިއްޔާ މިކަންކަމަށް ސަމާލުކަންދީ އާންމުކޮށް ކުރާ ބައެއް ކަންކަން ބަދަލު ކުރަންވެސް ހަމަ ޖެހިދާނެއެވެ. މިއީ އެފަދަ މީހުން ސަމާލުކަން ދީ ބަދަލުކޮށްލުން ރަނގަޅު ބައެއް ކަންކަމެވެ.

ދީނަށް ލޯބިކޮށް އުޅުން ރަނގަޅު ކުރުން

ރަނގަޅު އަންހެން ކުއްޖަކު ނަމަ އެމީހުން ބައިވެރިއަކު ހޮވުމުގައި އެންމެ އިސްކަންދޭ އެންމެ ފުރަތަމަ ކަމަކީ އެމީހެއްގެ އަހުލާގާއި ދީންވެރިކަމެވެ. ގޯސް ކަންކަމުން ދުރުހެލިވެ، އަހުލާގު ރަނގަޅު މީހުންނަކީ އެބަޔަކަށް މީހުން ހިތް ކިޔާނެ ބައެއް ކަމާއި މެދު ޝައްކެއް ނެތެވެ. އަދި އެމީހުން ތިބާ އިހްތިޔާރު ކުރުމުގައި އެހެން މީހެއްގެ ހިޔާލަށް އެދުނު ނަމަވެސް ހަމަ ޔަގީނުންވެސް އޭރުން "ރަނގަޅު މީހެއް ނޫނޭ" ބުނުމުގެ ޖާގަ ހަނިވެއެވެ.

ކަންކަމުގައި ހެޔޮ ވިސްނުން އިހްތިޔާރު ކުރުން

މީހަކުގެ ހިތް ދަމައިގަންނަ ވަރުގަދަ އެއް ސިފަޔަކީ ތިބާ ކަންކަމާއި މެދު ދެކޭ ގޮތްގޮތާއި، ވާހަކަ ދައްކާ ގޮތެވެ. އަބަދުވެސް ވާހަކަ ދެއްވުމުގައި އެކަމެއްގެ އޮންނަ އެންމެ ދެރަ ގޮތް ނުވަތަ ގޯސް ގޮތާއި މެދު ވިސްނާ މީހުންނަކީ އެއްވެސް މީހަކު ވާހަކަ ދައްކާލާ ހިތްވެސް ވާނޭ މީހެއް ނޫނެވެ. ގުޅުމެއް ބަދަހި ކުރާއިރު އަނެކާގެ ހިތުގެ އުދާސްތައް ދެނެގަނެ، އެމީހަކަށް ދެރަ ކަންކަމުގައި ނަސޭހަތްތެރިވާ މީހުންނަކީ، ކޮންމެ މީހަކުވެސް ދިރިއުޅުމަށް ގެންނަން ބޭނުންވާނެ މީހެކެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް ފަހަރު ނުވަތަ ނުރުހޭ ކަމަކާއި މެދު ނޫނެކޭ ބުނުމަކުން އެއީ ގޯހެއް ނޫނެވެ.

މަޖާ މިޒާޖެއް ގެންގުޅުން

އަބަދު މަޖާވެގެން އުޅުމަކީވެސް މީހުންނަށް އެހާ ކަމުދާނެ ސިފައެއް ނޫނެވެ. އެހެން ނަމަވެސް އަބަދު "ސީރިއަސް" މޫނަކާއި އެކު ނުހުރެ ބައެއް ފަހަރު ސަކަރާތްޖަހައި މަޖާކޮށްލުމަކީވެސް މީހުން ބަލައިގަންނަ ކަމެކެވެ. މިޒާޖުގައި މަޖާކަން ބެހެއްޓުމުގެ ހައްދެއް އޮވެއެވެ. އެކަން މާބޮޑުވެ އަނެއް އަތައް އެޅުމަކީވެސް ގިނަ އަންހެން ކުދިން ފޫހިވާ ކަމެކެެވެ.

މިއީ އަދިމަދު ކަންކަމެވެ. އަދިވެސް އިސްލާހުކޮށް ބަދަލުކުރަން ޖެހޭ އެތައް ކަމެއް ހުރެއެވެ. އެހެން ނަމަވެސް އެކަންކަން ބަދަލު ކުރަން ވާނީ ހޯދަން ތިއުޅޭ ބައިވެރިޔާގެ މިޒާޖާވެސް ގުޅޭނެހެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަންސޫރަ

  ދީނަށް ލޯބިކޮށްގެންނެއް ތިކަމެއް މިޒަމާނަކު ނުވާނެ ޖާހިލުވިވަ ރަކަށް އަންހެނުން އެމީހަކާ ދޯޅުވާނީ

  62
  7
 2. ހުސެން ދީދީ

  ތިއިން އެއްވެސް ކަމެއް މިޒަމާނުގަ ބޭނުމެއްނުވެ އަންހެންކުދިން މިހާރު ބަލަނީ ފިރިހެން ކުއްޖާގެ ސިފަޔަށް، ދުއްވާ ސައިކަލަށް، ތަނަވަސްކަމަށް ހަމަބުއްދި ޖެހިރަނގަޅުއަޙްލާޤްގެ ރީތި އަަންހެންކުދިން އެ ކައިވެނި ކުރަނީ އިރު އަރާކަން އޮއްސޭކަން ނޭންގޭ މީހުނާ ދެންއުޅޭނީ ތަނަވަސް މީހުން އެމީހުން ވަޒީފާއަކަށް ނުދާނެ އަމިއްލަ މަސައްކަތުން ފައިސާ ހޯދާ ކަމަށްވާނީ، ކުރާމަސައްކަތް ވެސް ފަޅާއަރާނީ މަސައްކަތުގެ މާހައުލުގައި އަވަދި ނެތި އުޅެނިކޮށް ކަމާ ބެހޭފަރާތުން ބަލާއާމަ

  24
  2
 3. މަކިނބޫ އެޓް ދުބާއީ

  ދިވެހިން ހަމަ ކަޑައީ އެވެ.

  17
  1
  • ދިވެއްސެއް

   ނޫން

   1
   2