ބަލްބީރު ސިންހް އަކީ މީގެ އަހަރުތަކެއް ކުރިން ހަރުކަށި ހިންދޫ އެކެވެ. އިސްލާމްދީނަކީ އޭނާ އެންމެ ރުޅި އަންނަ ދީނެވެ. ކޮންމެ މުސްލިކަމާއި ދޭތެރޭ ވެސް އޭނާގެ ހިތުގައި އޮތީ ނަފްރަތެވެ. މި ނަފްރަތުގެ ހުޅުގަނޑު އޭނާގެ ހިތުގައި އަނދަމުން ދަނިކޮށް 1992 ވަނަ އަހަރު އިންޑިއާގެ ބާބްރީ މިސްކިތުގެ މައްސަލަ ހިލުނެވެ. މިސްކިތް ހުރިތަނުގައި ބުދުފައްޅިއެއް އަޅަން ގޮވާލާ ހިންދޫން ކުރި މުޒާހަރާތަކުގެ އިސް ސަފުގައި ބަލްބީރު ސިންހް ހުއްޓެވެ.

ބަލްބީރު ސިންހް އަކީ ބާބްރީ މިސްކިތް ހަލާކު ކޮށްލުމަށް އެ މިސްކިތުގެ ގުއްބުގެ މައްޗަށް ފުރަތަމަ އެރި މީހާއެވެ. މިސްކިތް ހަލާކު ކޮށްލުމުގެ މަސައްކަތް ފުރަތަމަ ފެށީ އޭނާ އެވެ.

ބަލްބީރު ސިންހްގެ އާއިލާ އަކީ ސެކިއުލާ އާއިލާ އެކެވެ. މިސްކިތް ތަޅާލުމުގައި އޭނާ އިސްކޮށް ބައިވެރިވުމުންނާއި އަދި މިސްކިތް ތަޅާލުމުގެ ނަތީޖާއެއްގެ ގޮތުން އިތުރު ހަމަނުޖެހުންތަކެއް ހިނގާފައި ވާތީ ބަލްބީރު ސިންހްގެ އާއިލާ އިން ބަލްބީރު ސިންހްގެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރިއެވެ.

އެހާހިސާބުން ބަލްބީރު ސިންހް އަށް ވެސް ވިސްނުނީ އޭނާ އަށް ގޯހެއް ހެދިއްޖެ ކަމެވެ. އެހެންކަމުން އޭނާ ދެން ނިންމީ އިސްލާމްދީނުގެ މައުލޫމާތު އިލްމުވެރިންގެ ކައިރިން އޮޅުން ފިލުވާށެވެ.

އިސްލާމްދީނުގެ މައުލޫމާތު އެނގެމުން ދިޔަ ވަރަކަށް އޭނާ އަށް ގަބޫލު ކުރެވުނީ އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީން ކަމެވެ. އެހެންކަމުން އޭނާ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން މުހައްމަދު އާމިރުގެ ނަމަށް ބަދަލު ކުރިއެވެ.

މިސްކިތެއް ތަޅާލުމުގައި ބައިވެރިވެވިފައި ވާތީ ދެން ހަދަން ޖެހޭ ގޮތެއް މުހައްމަދު އިލްމުވެރިން ކައިރިން އޮޅުން ފިލުވިއެވެ. އިލްމުވެރިން ބުނީ އެކަމުގެ ބަދަލެއްގެ ގޮތުން މިސްކިތްތަކެއް ބިނާ ކުރުމުގެ މަސައްކަތް ކުރާށެވެ.

އެބަސް ގަބޫލުކޮށް މުހައްމަދު ފެށި މަސައްކަތުގައި އޭނާ ވަނީ މިހާތަނަށް 90 މިސްކިތް ބިނާ ކޮށްފައެވެ.

އޭނާގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ފާނު

  އިލްމުވެރިން ގެ ބަސް ގޯސްތާ... އިސްލާމްވުމަކީ އޭގެ ކުރީގެ ކުށްތަކުގެ ކައްފާރާއެއް.. ކުރީގެ ހުރިހާ ފާފައެއް ފުހެވޭނެކަމެއް..

  35
  6
 2. ކަޅުސޮރު

  ހަމަ އަސްލުވެސް ލިޔުން ކިޔާ ނިމުނު އިރު ފެން ކަޅި ވެއްޖެ، ޔާ ﷲ މި ޢަހާއަށް ޖަންނަތުލް ފިރުދައުސްގެ އެންމެމަތީ ދަރަޖަ ދެއްވާދޭވެ.

  82
  4
  • ނަން

   ކޮން ކަމަކާ ފެންކަޅި ވީ؟ ޚުތުބާ ކިޔާއިރު ގަދަކަމުން ރޯ މީހުންގެތެރެއިން މީހެއް ދޯ؟

   8
   42
 3. ހިމޭން

  ވިސްނާ ފިކުރު ހިންގާ ހޯދާ ބެލުމަކީ އިސްލާމްދީނުގެ ހަރުދަނާ ބިންގަލެއް އެޅުމަށްލިބޭ ނުހަނު މަތިވެރި ފުރުސަތެކެވެ.އެހެނީ، ޙައްޤު ދީނަކީހަމަ އެކަނި އިސްލާމް ދީން ކަމުގައި ވާތީ އެވެ.

  59
  1
 4. Anonymous

  ﷲ ސުބުހާނަހޫ ވަތަޢާލާ މުހައްމަދު އާމިރު އައް ހެޔޮރަހްމަތް ލައްވަވައި ސާބިތުކަން ދެއްވައިފާދޭއެެވެ

  75
  2
 5. ޓިނު ވަގު

  އަލްޙަމްދު ލިﷲ!!

  63
  1
 6. އަލީގެއާދަނު

  އަލްހަމްދު ލިﷲ! ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެ. ﷲއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ. ޔާﷲ! ލާދީނީ މިސަރުކާރު ނިންމަވާފާނދޭވެ.

  252
  77
 7. ގެރިވަރު

  ރާއްޖޭގެ ވެރިކަން ކުޑަދުވަސްކޮޅަކަށް ކުރި ބުއްޅަބޭގަޑަކު މިއުޅެނީ މިތާ ފައްޅިނޭޅިގެން! މޯދީ އޭނަފޮނުވާފަ އެހެރީ އެކަންކުރަން!

  22
  3
 8. ކޮސްބެ

  ތިއެއްނު ކުރަންވީ ކަމަކީ. ތަނެއް ތަޅާލާއިރަށް އެބަ މުސްލިމުވޭ

  3
  17
 9. ފިނދު

  މިހާރު މިއުޅޭ އިލްމުވެރިންނަކީ މީހުން މަގު ފުރައްދާ ބައި ގަނޑެކެވެ.ރަގަޅު ގޮތަކީ އޭނާ މުސްލިމް ވުމުން ކުރީގައި ކޮށްފައިވާ ހުރިހާ ފާފައެއް ފޮހެވިގެންދާނެއެވެ.

  18
  1
 10. ތުއްތުބޭ

  ބަލްބީރުސިންގް (އިސްލާމްވުމައްފަހު މުހަައްމަދު ޢާމިރު)އައް މާތްﷲ ހެޔޮރަޙުމަތްލައްވައި އޭނާގެމަސައްކަތުގައި ބަރަކާތް ލައްވާންދޭވެ.އާމީން

  24