މިދިޔަ އަހަރު ޑިސެމްބަރު މަސް ތެރޭގައި ކައިވެނި ކުރި އެކްޓްރެސް ޝްވޭތާ ބާސޫ ޕްރެސާދް އާއި ފިލްމް ހެދުމުގައި އުޅޭ ރޯހިތް މިއްޓަލް ވަރިވެއްޖެއެވެ.

މި ދެ މީހުންގެ ކައިވެނީގެ ގުޅުން ނިންމާލިއިރު، އެ ކައިވެންޏަށް އަހަރެއްވެސް ނުވާނެއެވެ. ދެ މީހުން ވަރިވިކަން އިއުލާނުކޮށްފައި ވަނީ ޝްވެތާއެވެ. އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެކަން އަންގާފައެވެ.

ރޭގެ ވަގުތެއްގައި އެކަން އިއުލާނުކޮށް އޭނާ ބުނީ، އެ ކައިވެނީގެ ގުޅުން މެދުކަނޑާލަން ނިންމާފައި ވާ ކަމަށެވެ. އަދި މިގޮތަށް ނިންމާފައި ވަނީ ދެ މީހުންވެސް ވާހަކަދައްކައިގެން ކަމަށެވެ. އަދި ބައެއް ވާހަކަތަކަކީ ދެއްކުން ރަނގަޅު ވާހަކަތައް ނޫންކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އުމުރުން 32 އަހަރުގެ ޝްވޭތާ ވަނީ ރޯހިތްއަށް ޝުކުރުވެސް އަދާކޮށްފައެވެ. އަދި އޭނާއަށް އުފާވެރި ދިރިއުޅުމަކަށްވެސް ވަނީ އެދިފައެވެ.

މި ދެ މީހުން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި ދެ މީހުން ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ.

މި ދެމީހުން ވަރިވިއިރު، ދެ މީހުން ކައިވެނީގެ ފޮޓޯތައް ޝްވޭތާ މިހާރު ދަނީ އިންސްޓަގްރާމުން ނަގަމުންނެވެ.

ޝްވާތާ ގިނަބަޔަކަށް އެނގިގެން ގޮސްފައި ވަނީ އޭނާ ކުޑައިރު ފެނިގެން ދިޔަ ފިލްމް މަކްޑީ އިންނެވެ. އެ ފިލްމުގެ އޭނާ ކުޅުނު ރޯލުން އޭނާއަށް ގައުމީ އެވޯޑެއް ވެސް ލިބިގެން ދިޔައެވެ. އޭނާ ވަނީ ކުޑައިރު، އެހެން ބައެއް ޓީވީ ޝޯވތަކުންވެސް ފެނިގެން ގޮސްފައެވެ. އެގޮތުންް ކުސުމް އާއި ކަހާނީ ގަރް ގަރް ކީ، ކަރިޝްމާ ކާ ކަރިޝްމާ ފަދަ ސީރީސްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންޑެހެލު

    ޝްވޭތާ ވަރިވިއްޔާ މަށަށް ކޮން ކަމެއް!