ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައިވާ ދީޕިކާ ޕަދުކޯނު، އޭނާގެ އާ ހެއާ ސްޓައިލް އާންމުންނަށް ދައްކާލައިފިއެވެ.

ދީޕިކާ މީގެ ކުރިން ގެންގުޅެފައިވަނީ ދިގު އިސްތަށިގަނޑެކެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ އިސްތަށިގަނޑު ކުރު ކޮށް ރީތި ކޮށްލާފައެވެ. އޭނާ ވަނީ އާ ހެއާ ސްޓައިލް އާއި އެކީ ސެލްފީއެއް ނެގުމަށްފަހު އާންމުންނަށް ދެއްކުމަށް މީސް މީޑިއަށް ލާފައެވެ. ގިނަ ފަރާތްތަކުން އަންނަނީ އޭނާގެ އެ ހެއާ ސްޓައިލް ކަމު ގޮސްގެން އެގޮތަށް ބޮލުގެ އިސްތަށިގަނޑު ކޮށުމަށް ތައްޔާރުވެސް ވަމުންނެވެ.

https://www.instagram.com/p/B5zzEYyA39r/?utm_source=ig_embed

އުމުރުން މިހާރު 33 އަހަރު ވެފައިވާ ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމަށް އެ ސެލްފީ ލާފައެވެ. އޭނާގެ ކޮނޑުހުޅާއި ހަމައަށް އިސްތަށިގަނޑު ކޮށާލުމަށްފަހު މިހާރު ހުރީ ރަން ކުލައާއި މުށި ކުލަ ޖައްސާފަައެވެ. އޭނާގެ އެ ފޮޓޯ އަށް 2 މިލިއަނަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ލައިކް ދީފައެވެ. އަދި އެތަކެއް ހާސް ބަޔަކު ވަނީ އެ ހެއާ ސްޓައިލް ކަމުދާ ކަމަށާއި ދީޕިކާ އާއި އެ ހެއާ ސްޓައިލް ގުޅޭ ކަމަށް ބުނެ ކޮމެންޓްވެސް ކޮށްފައެވެ.

ދީޕިކާގެ މި ހެއާ ސްޓައިލް ފުރަތަމަ އޭނާގެ ސަޕޯޓަރުންނަށް ފެނިފައިވަނީ ހަފްލާއެއްގައި ރަތް ކާޕެޓް މަތިން އޭނާ ހިނގާފައި ދަނިކޮށެވެ. އެވަގުތުން ފެށިގެން އޭނާގެ ފޮޓޯ ވަނީ މުޅި މީސް މީޑިއާގައި ދައުރުވާނ ފަށާފައެވެ. މިއީ ދީޕިކާ އޭނާގެ އާ ހެއާ ސްޓައިލް އާންމުން ދެއްކުމުގެ އަސްލެވެ.