އިންޑިޔާގެ އެންމެ މަޝްހޫރު ކޮމީޑިޔަނުންގެ ތެރޭގައި ގުނާލެވޭ ކަޕިލް ޝަރުމާއަށް ކައިވެނި ކުރިތާ އަހަރެއް ތެރޭ އަންހެން ކުއްޖަކު ލިބިއްޖެއެވެ.

ކަޕިލް މިއަދު ކުރި ޓްވީޓެއްގައި އޭނާއަށް ދަރިޔަކު ލިބިފައިވާކަންވަނީ ހާމަކޮށްފައެވެ.

"އިރާދަފުޅުން އަންހެން ދަރިޔަކު ލިބިއްޖެ." އޭނާ ކުރިޓްވީޓްގައިވެއެވެ.

ކަޕިލް ޝަރުމާ މިހާރު ކުޅެމުން އަންނަ، "“ދަ ކަޕިލް ޝަރުމާ ޝޯ” ގެ ބައެއް އެޕިސޯޑްތައް ވަނީ ކުރީ ބައިގައި ނަގާފައެވެ. ބެލޭގޮތުގައި މިގޮތަށް ކަންތައްކޮށްފައިވަނީ އޭނާ ޢާއިލާއާއެކު ވަގުތު ހޭދަކުރުމުގެ މަޤްސަދުގައެވެ.

ކަޕިލް ޝަރުމާގެ ދަރިފުޅުގެ މަންމައަކީ ގިނިތް ޝަރަތްއެވެ. މިދެމީހުން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ ތެރޭގައެވެ. މިގޮތުން ކަޕިލްވަނީ ހިންދޫންގެ ކައިވެންޏަކާއި ޝިކްގެ ކައިވެންޏެއްކޮށްފައެވެ. މިދެކައިވެނިކޮށްފައިވަނީ ދެ ދުވަހެއްގައެވެ. ކަޕިލް އަކީ ހިންދޫ ދީނުގެ މީހެކެވެ. އަދި އޭނާގެ އަނބިމީހާއަކީ ސިކް އެކެވެ.

ގިނަ ބަޔަކު މީސްމީޑިޔާގައި ކަޕިލްގެ ދެމަފިރިންނަށް މަރުޙަބާ ކިޔަމުން އަންނައިރު، މިދެމަފިރިންގެ ކައިވެންޏަށް އެއްއަހަރު މީގެ ދެދުވަސްފަހުން ފުރޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރުބިސް

    ކޮބާ މަހުލޫފު ކަޕިލްށަރުމާޔައް އަންހެންދަރިއަކު ލިބިއްޖެޔޯ މަރުހަބާނުކިއަންތަ އަވަސްވެގަނޭ