މިއީ ރާއްޖޭގެ ރަށެއްގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. މަސްލަހަތަށްޓަކައި މިކަން ހިނގާދިޔަ ތަނާ ހިއްސާވާ ފަރާތްތައް ބަޔާން ކޮށްދީފައެއް ނުވާނެއެވެ.

އޭރު އަހަރެންގެ އުމުރުން 23 އަހަރެވެ. ކައިވެންޏަކަށް ތައްޔާރުވަމުން ދިޔައީ ރަށްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް 3 އަހަރާއި ގާތްވެފައި ވަނިކޮށެވެ. ނުހަނު ފޮނި އުންމީދު ތަކާއިއެކު ކައިވެނިކޮށް ދިރިއުޅުން ފަށައިގަނެފީމެވެ. ގޭގައި އަހަރެންގެ ދެމަފިރިންގެ އިތުރަށް އުޅެނީ އަހަރެންގެ އަންހެން ކޮއްކޮ އާއި އޭނާގެ ފިރިމީހާގެ އިތުރުން އަހަރެންގެ ލޯބިވާ މަންމައެވެ. އަހަރެން ކައިވެނި ކުރިއިރު އަހަރެންގެ ކޮއްކޮ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. ނަމަވެސް ބަނޑަށް ދެމަސް ނުވަނީސް ސިއްހީ މައްސަލައެއްގައި ދަރިފުޅު ބައިގެން ދިޔައީއެވެ. ކައިވެނީގެ ކުރީގައި އަހަރެންނަކީ އާމްދަނީ ހޯދަން މާ ބޮޑު މަސައްކަތެއް ކުރާ މީހެއް ނޫނެވެ. ކައިވެންޏަށްފަހު 3 މަސް ނުވަނީސް އަހަރެން ވަޒީފާއެއް އަދާ ކުރުމުގެ ނިޔަތުގައި ރިސޯޓަކަށް ދިޔައީމެވެ. މިގޮތުގައި އަހަރެއް ހޭދަވެދިޔައިރު އަތުގައި ހިސާބަކަށް ފައިސާ އެއްކުރެވިފަ ހުއްޓެވެ.

ރިސޯޓްގައި ތިން މަސް ކޮށްލާފަ އޮފްޑޭއަށް ރަށަށް އައިސް އުޅެމެވެ. މިއުސޫލުން ދުވަސްތައް ހޭދަވަމުން ދިޔަ ދިއުމުގައި އަހަރެންގެ އަންހެނުން ބަލިވެ އިނދެއްޖެއެވެ. އަހަރެމެންގެ ދެމަފިރިންގެވެސް އަލަތު ކައިވެނީގެ އަލަތު ދަރިފުޅެވެ. އުފާވެރިކަން ކޮޅުންލައި ދިޔައެވެ. މިކަމާ މަންމަ އާއި ކޮއްކޮވެސް ހުރީ އުފަލުން ފުރިފައެވެ. ބައްޕައަކަށް ވާން އުޅޭތީ އަހަރެން ހުރީ ވަރަށް ފަހުރުވެރިވެފައެވެ. އަންހެނުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދެވޭތޯ އަހަރެން ދުރުގައި ހުރި ނަމަވެސް ފޫހިކަމެއް ނެތި މަސައްކަތް ކުރަމުން ދިޔައީމެވެ. ބޭނުންވާނެ ހުރިހާ ސާމަނެއް ހޯދާ ފޮނުވަމުން ދިޔައީމެވެ. ކޮއްކޮގެ ފިރިމިހާ ގަވައިދުން މަސްވެރިކަމުގައި އަވަދި ނެތިއުޅެއެވެ. އެނައަކީ ބަސްމަދު މީހެއް ކަމުން އަހަރެންނާއި މާ ގިނަ ވަހަކަތަކެއް ދައްކައެއް ނަހަދައެވެ.

ދުވަސްތައް ވޭތުވަމުންގޮސް އަހަރެން އަންހެނުން ވިހަން ގާތްވެފައިވަނިކޮށް ރަށަށް އައީމެވެ. ވިހެއުމުގެ ހުރިހާ ތައްޔާރިތަކެއްވެ ނިމިއްޖެއެވެ. ސިއްހީ ހިދުމަތްތައް ރަށުގައި ލިބޭކަމުން ރަށުން ބޭރަށް ދާކަށް ނުޖެހުނެވެ. އަހަރެންނާއި މަންމަގެ އިތުރުން ކޮއްކޮގެ އެހީތެރިކަން ލިބި ލިބި ހުއްޓެވެ. ބަނޑަށް ތަދުވާން ފެށުމުން ސިއްހީ މަރުކަޒަށް ގެންގޮސް އަހަރެންގެ އަންހެނުން އެނދުމަތިކޮށްފީމެވެ. ހަ ގަޑިއިރު ބޭއްވުމަށްފަހު ރިސްކެއް ނަގަން ބޭނުން ނުވުމުން ސިޒޭރިއަނަކަށް ދިޔައީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. މާގިނައިރުތަކެއް ނުވެ ދަރިފުޅު ނަގައިފިއެވެ. ދެމައިންގެ ހާލުވެސް ވަރަށް ރަނގަޅެވެ. އަންހެނުން ތިން ދުވަސް ފަހުން ގެއަށް ދޫކޮށް، ވިހައި ގަދަވަންދެން ދުވަސްކޮޅަކު އަހަރެން ރަށުގައި ހުރީމެވެ. އަދި ފޫހިކަމެއް ނެތި އަންހެނުންނާއި އަލަތު ދަރިފުޅާއި އެކު އުފާވެރި ވަގުތުތައް ހޭދަކޮށްލުމަށް ފަހު އަހަރެން ރިސޯޓަށް އެނބުރި ދިޔައީމެވެ.

ދެމަހެއްހައި ދުވަސް ފަހުން އަހަރެންގެ އަންހެނުންނަށް ބަދަލުތަކެއް އައިސްފިކަން އަހަރެންނަށް އިހުސާސް ކުރެވެން ފެށިއެވެ. އަހަރެންނަށް ފޯނުކުރުމާއި ދުރުވެ ރޭގަނޑު ލަސްވާ ފަހުން ފޯނުގަ އޮންނަން ފަށައިފިއެވެ. ދުރުގައި ހުންނަން ޖެހުމުން ވާނުވާއެއް އަހަންނަކަށް ނޭނގެއެވެ. އެކަން ކަމާއި ސުވާލު ކުރަމުން އަހަރެން ދިޔައީމެވެ. މައްސަލަ ޖެހެންފެށީ އެހިސާބުންނެވެ. އަހަރެން ކުރާ އެއްވެސް ސުވާލަކަށް އަންހެނުންގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. މިވާހަކަތަށް ރިސޯޓްގައި އުޅޭ ގާތް ބައެއް އެކުވެރިންނާއި އަހަރެން ހިއްސާކުރީމެވެ. އެއަށްފަހު އަހަރެން ޗުއްޓީއަކަށް ރަށަށް ދިޔައީމެވެ. އެކަމުގެ މައުލޫމާތު އަހަރެންގެ އަންހެނުންނަށް އަދި ގޭގެ އެއްވެސް މީހަކަށް ނުދެމެވެ. ކަން ހިނގަމުން ދާގޮތް އަހަރެން ބަލަން ބޭނުން ވީތީއެވެ.

އަހަރެން ފެނުމާއި އެކު އަންހެނުންނަށް ލިބުނީ ސިހުމެކެވެ. އުފާވެރިކަމުގެ ބަދަލުގައި އަންހެނުންގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަން ކަން އަހަރެންނަށް އެނގުނެވެ. ދަރިފުޅު އުރާލާ އެންމެނާއި އެކު ވަގުތު ހޭދަކުރީމެވެ. ގޭތެރޭގައި އެއްވެސް ކަމެއް ގޯސް ކަމުގެ އިހްސާސެއް ނުކުރެވުނެވެ. ދުރުގައި ހުރިއިރު މައްސަލަ ޖެހުނު ނަމަވެސް އިހުނަށްވުރެ އަނބިމީހާގެ ފަރާތުން ލިބުނު ލޯބި ބޮޑުކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެހެންވާންވީ ކީއްވެގެން ބާއޭ ހިތާހިތުން ސުވާލު ކުރެވެމުން ދިޔައެވެ. އެހެންކަމުން ޝައްކެއް ހިތުތެރޭގައި ބާއްވާކަށް ބޭނުމެއް ނުވިއެވެ. ދެ ދުވަސް ފަހުން ރަހްމަތްތެރިންނާއި އެކު މަސް ދަތުރެއް ދިޔައީމެވެ. އަހަރެންގެ ޝައްކުތައް ޔަގީނަށް ބަދަލު ކުރަން ފިޔަވަޅު އަޅާފައެވެ.

އަސުރު ފަހުން ފެށި ދަތުރު ނިންމާފަ ގެއަށް އާދެވުނީ އެރޭގެ 12 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. އަންހެނުން އޮތީ ދަރިފުޅު ގޮވައިގެން މައުސޫމު ކަންމަތީ ނިދާފައެވެ. ކޮޓަރިއަށް ވަދެ އަންހެނުންގެ ފޯނު ހިފައިގެން ބޭރަށް ނުކުމެލީމެވެ. ދެކަންފަތަށް ހެޑްސެޓް ޖަހާ އަހަރެން އަންހެނުންގެ ފޯނަށް އަޅާ ފޮރުވި ކޯލް ރިކޯޑަރ ހުޅުވާލީމެވެ. މާގިނަ ބަޔަކު ގުޅާފަ ނެތް ނަމަވެސް ކޯލްތަށް ސަމާލުވެ އަޑުއަހާލީމެވެ. އަހަރެންގެ ކޮއްކޮގެ ފިރިމީހާ އަހަރެންގެ އަންހެނުންނަށް ގުޅަން ޖެހޭ ސަބަބަކީ ކޮބައިބާއެވެ. ހާސް ކަމުގެ ތެރޭގައި ކަނުލާ ރަނގަޅަށް އަޑު އަހާލުމުން ވާގޮތް ސާފުވެއްޖެއެވެ. ދެމީހުން ތިބީ ރަނގަޅަށް ހިތާވެ ގުއިކައިފައެވެ. އަހަރެންގެ ކިބައިން ވަރިވެވޭނެ ގޮތެއް ނޭނގިފައެވެ.

އަހަރެންގެ ރުޅިގަނޑު ފަޅާލީ އައު ދުވަހަށް އިރުއެރިފަހުން އަންހެނުން ލަދުގަންނަވާ ލަމުންނެވެ. އަހަރެންގެ ދިރިއުޅުމުގެ އިތުރުން ކޮއްކޮގެ ދިރިއުޅުންވެސް އެކަމުން މިންޖު ވީއެވެ. އެކަމަށް މިއަދު އަހަރުތައް ވޭތުވެ ގޮސްފިއެވެ. އަހަރެންގެ ކޮއްކޮވެސް މިއަދު އެހުރީ އައު ކައިވެންޏެއްގެ މަތީގައި 2 ކުދިންނާއި އެކު އުފަލުގައެވެ. އަހަރެންވެސް މިހުރީ އައު ކައިވެންޏެއްގެ މަތީގައި ހިތްހަމަ ޖެހިގެން އުފަލުގައެވެ.

 

*މަސްދަރު: ޖަޒީރާ ނިއުސް*

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާަަަަަާހަނާ

    ކޮބާ ދެން އޭނަ އައް ލިބުނު ދަރި

    66
    • ޙަސަނު

      ޢެބައުޅޭ

      21
  2. މޭން

    ތިކަހަލަ ކިތައްކަންތައް ފިރެހެނުން ކުރާނީ؟ އެކަމު ނުކެރޭ ނޫހެއްގަ ޖަހާލަންވެސް.

    38
    5
    • އަލިބެ

      ފިރިހެނަކު އެކަނި ކުރި ކަމެއްބާ ؟

      23
      8
    • ފިރިހެނުން

      ފިރިހެނުން އެކަނިތަ ކޮށްފައެއޮތީ، މިހާރު ހަލާކުވާ ދިރިއުޅުންތަކުގެ އަޞްލަކީ ފިރިމީހާ ބުރަ މަސައްކަތު ދުރައް ދިޔުމުން އަނބިމީހާ ވަފާތެރިނުވުން، ވަރިކުރާ މިންވަރަށްވުރެ ވަރިވާން އުޅޭ އަންހެނުން ނިސްބަތުން މިރާއްޖޭގަ ގިނަ. ހައްތާވެސް ފޯނުން ވަގު ބިތުން ނަގައިގެން

      51
      11
  3. މީޒާ

    ތިކަހަލަ ހާދިސާ އެއް މަގޭ ފެމެލީ ވެސް ހަލާކުކޮށްލީ. ބޭބެގެ އަންހެނުން (ފަހަރި) މަގޭ ފިރިމީހާ ގުޅުން ބޭޢްވީ. ގުޅުންބޭއްވީ ނޫން ހަމަ އެކަނި. ބޭބެގެ ދަރިއެއް ކިޔާފަ ލިބުނޫދަރި ވެސް އެއީ އެދެމީހުން ގެ ދަރިއެއް. ޢެކަމުގެ ސަބަބުން އަހަރެން ވެސް ބޭބެ ވެެސް ދިރިއުޅުން ހަލާކުވީ. ޢެކަމަކު އެ ދެމީހުން އިދެގެން އުޅެނީ.. މީ ދުނިޔެ ދައްކާ އިބުރަތް.. އަންހެނުންގެ ނަމުގައި ހަރުފަ ވެސް އުޅޭ

    34
    2
    • އަހުންހަމައަޖާބު

      ބަލަ މީޒާ އިނދެގެން އުޅުނު މީހާ އަކީ ވަކި ހުދު ކަފަކޮޅެއްތަ؟ އަންހެންމީހާއާއި އެއްވަރަށް އޭނާ ދެކެ ރުޅިނާންނަނީ ކީއްވެބާ؟ އަދި މިހާދުވަސް ކޮށްފައި ވެސް ކޮމެންޓުކުރިއިރު "މަގޭ ފިރިމީހާ" އޭ ތިބުނީ ކީއްވެބާ؟ އަދިވެސް ގެޓްއޯވަރ ނުވަނީ ދޯ؟

      21
    • ަަެެހަލީމަ

      ރަށު ތެރޭ ގަ ވަރައް ދެކުނު ވާހަކަ ޔެއް...?

  4. ބެއްޔާ

    މައްސަލަޔަކީ ފިރިހެނުން! މީހުންގެ އަންބައް ގުޅަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ!

    11
    7
    • ކައްދާ

      މައްސަލައަކީ އަންހެނުން! މީހުންގެ ފިރިން ޖަހައިގަންނަން އުޅޭނެ އެއްވެސް ސަބަބެއް ނޯންނާނެ!

      1
      2
  5. ޔަނާ

    ނުމޮށޭ ގުރާބާރަށް ދާގަންނާނެ. ތިހެންތިވީ