"ލަ ކަސަ ޑަ ޕަޕެލް" ނުވަތަ މަޝްހޫރު ނަމުން ނަމަ "މަނީ ހައިސްޓް" މިއަންނަ އަހަރު އޭޕްރީ މަހުގެ 3 ވަނަ ދުވަހު ނެޓްފްލިކްސްއިން ފެންނާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޕްރޮފެސާގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމުގެ މައްޗައް ބިނާކޮށް ހަދާފައިވާ މި ސީރީޒްގެ 4ވަނަ ސީޒަން ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު ކަމަށް މީޑީއާ ރިޕޯޓުތައް މީގެ ކުރިން ބުނި ނަމަވެސް، ނެޓްފްލިސްކްއިން ބުނެފައިވަނީ ނެޓްފްލިކްސް އިން މަނީ ހައިސްޓް އެއަރ ކުރާނީ އޭޕްރީލް މަހުގައި ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން 3ވަނަ ސީޒަނުގައި ފެނިގެންދާ ޕަލްމެރޯ (ބާލިންގެ އެންމެ ގާތް އެކުވެރިޔާ) ވަނީ ޖެނުއަރީ 18ގައި 4ވަނަ ސީޒަން ރިލީޒް ކުރާނެކަން ޔަގީން ކޮށްދީފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި 3ވަނަ ސީޒަނުގައި ވަޒަން އަރައިގެން ފުރާނަ އާއި ހަނގުރާމަ ކުރަމުން ގެންދާ ނައިރޯބީވެސް 4ވަނަ ސީޒަނުގައި ފެނިގެން ދާނެއެވެ.

ސީރީޒްގެ ޕްރޮޑިއުސާ އެލްކްސް ޕިނާ ބުނެފައި ވަނީ އޭނާ މިވަގުތު މަނީ ހައިސްޓުގެ އިތުރުން އެހެން ނެޓްފްލިކްސް ސީރީސްތަކުގައިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަނީ ހައިސްޓުގެ 4ވަނަ ސީޒަނަކީ އެންމެ ފަހުގެ ސީޒަނަށް ވުން ވަރަށް ގާތެވެ. ނަމަވެސް، ސީރީޒްގެ ޕްރޮޑިއުސަރުގެ ފަރާތުން މިފަދަ އެހެން ސީރީޒްތައް އަންނަ އަހަރު ތެރޭގައި ފެނިގެން ދާނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މަނީ ހައިސްޓުގައި އެންމެ ފާހަގަވާ ކަމެއްގެ ގޮތުގައި އޮތީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓޮކިޔޮ

    ޓޮކިޔޯ އިސު ދަބެސްޓް

  2. ބޮޑު ހަސްންބެ

    އޯ މޭން. މި ފަހަރުވެސް ޔާމިންގެ ރޯލެއް ނުފެންނާނެ ދޯ؟ ސޯ ސޭޑް