ދުނިޔޭގެ ދެ އަސްދަޑީގައި ހުންނަ ގަނޑު ފެންތައް ވިރި، ލޮނުގަނޑު އުފުލޭ ވާޙަކަ އަބަދުވެސް ދެކެވެއެވެ. މިއާއެކު އެންމެ ބޮޑަށް މިކަމާމެދު ކަންބޮޑުވާން ޖެހޭ ޤައުމަކީ ރާއްޖެ ފަދަ ތިރި ޤައުމުތަކެވެ.

ދާދި ފަހުން ސައިންސްވެރިން ކުރި ތަޙްލީލަކުން މިވަނީ ލޮނުގަނޑު ކުރިން ލަފާ ކުރި ވަރަށްވުރެ އަވަހަށް އުފުލޭނެ ކަމަށް ބުނެފައެވެ. ބްރިޓިޝް އެންޓާޓިކް ސާވޭ ޓީމް އިން ކުރި ތަޙްލީލްތަކުން ދައްކާގޮތުގައި 2100 ވަނަ އަހަރާ ހަމައަށް، ލޮނުގަނޑު އުފުލުމުގެ ސަބަބުން 400 މިލިޔަން މީހުން ހާލު ޖެހޭނެއެވެ. މިއީ ތިރި ޤައުމުތަކުގައި ދިރިއުޅެމުން އަންނަ މީހުން ކަމަށްވެސް މިދިރާސާގައިވެއެވެ. މިއީ މީގެ ކުރިން ހެދި ދިރާސާތަކާ އަޅާ ބަލާއިރު، އެތައް ގުނައެއް ބޮޑު އަދަދެކެވެ.

ގްލޯބަލް ވާމިން، ނުވަތަ ދުނިޔެ ހޫނުވުމާއި ގުޅޭ ގޮތުން ޔޫއެންއިން އުފައްދާފައިވާ އައިޕީސީސީގެ ޑޭޓާ ތަކުން ފެންނަ ގޮތުގައިވެސް 2100 ވަނަ އަހަރާ ހަމައަށް ތިރި ޤައުމުތައް އޮންނާނީ ލޮނުގެ އަޑީގައެވެ.

ޔުނިވަރސިޓީ އޮފް ލީޑްސްގެ ޕްރަފެސަރ އޮފް ލީޑް އޮބްސާވޭޝަންސް ޑރ އެންޑްރޫ ޝެޕާޑް ބުނެފައިވާ ގޮތުގައި ދުނިޔޭގެ ލޮނުގަނޑުން އުފުލޭ ކޮންމެ ސެންޓިމީޓަރަކާއެކު އިތުރު 6 މިލިޔަން މީހުން ދިރިއުޅޭ ބިން ގެބިގެންދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި 1992 އަކާއި 2018 ވަނަ އަހާރާއި ދެމެދުވަނީ 4 ޓިރިލިއަން ޓަނުގެ އައިސް ވިރިފައެެވެ. އަދި ލޮނުގަނޑުވަނީ 7 ސެންޓި މީޓަރ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ބޮޑެތި މޮޔަތަކާ އިރު ގެ ހޫނަށް ކަނޑުން އެވަޕަރޭޓްވެގެން ހާދަބޮޑުބައެއް އަރާކަން ނޭންގެނީތަ؟ ތިވާހަކަ ދައްކާ އަހަރުން ކުޑައިރުވެސް މިހާރު ފެނުއަޑީގައޮތީހެއްނު.....

    6
    23
    • މޮޔަުގޮވާ

      މޮޔަޔާ. ފެން އެވަޕްރޭޓްްވެގެން ދަނީ ޖައްވަށްތަ؟ ފަޒާޔަށްތަ؟ މާސްއަށްތަ؟ އިރަށްތަ؟ ސޯލަރ ސިސްޓަމުން ބޭރަށްތަ؟ ވާރޭ މިވެހެނީ ކޮންފެނަކުން އުފެދޭ ވިލާގަނޑުތަކެގައި؟ ކަލޭގެ ލޮލުން އޮހޮރޭ ކަރުނައިންތަ ވިލާތައް މިއުފެދެނީ؟ ކިޔާ ނުކިޔާއެއްޗެއް ނޭނގި ކޮމެންޓް މިކުރަނީ. ބަލަގަ މޮޔަޔާ، އައިސް ވިރިގެން ކަނޑުފެނާއި މިއެއްވަނީ. އެވަޕްރޭޓްވެގެންދާ ފެން، ކުރިއަށް ވުރެ ގިނައިން އެވަޕްރޭޓް ވުމުން މޫސުމަށް ގޯސް ބަދަލުތަކެއް މިއަންނަނީ. އެފެންވެސް ވާރޭގެ ގޮތުގައި ވެހޭ. އެހެންވުމުން ކަނޑުގެ ލޮނުގަނޑު ހިނދިގެން ނުދާނެ. ކުރިޔަށްވުރެ ގޮޑުވާނީ. މޮޔަގޮވާއިރު އަމިއްލަ މޮޔަކަމެއް ނޭނގޭ ކަލެޔަށް