އުއްދަނޑި އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އާންމުކޮށް ހެދޭ ގަހެކެވެ. އުއްދަނޑިއަކީ ހަކުރު އުދެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ގަހެކެވެ. އުއްދަނޑިން އެތަކެއް ސިއްހީ ފައިދާތަކެއް ލިބެއެވެ. އެގޮތުން ލިބޭ ބައެއް ފައިދާތައް ތިރީގައި އެވަނީއެވެ.

• ހަކުރު ބަލިން ރައްކާތެރިވުން:

ހަކުރު ބަލިން ރައްކާތެރިވުމަށް އުއްދަނޑިއަކީ މުހިންމު އެއްޗެކެވެ. އެހެނީ އުއްދަނޑު ހިމެނެނީ ހަކުރު ބަލީގެ މީހުންނަށް ފަސޭހައިން ބޭނުން ކުރެވިދާނެ ކާނާގެ ބާވަތެއް ކަމުގައިވާ ގްލައިސިމިކް އިންޑެކްސްގެ ތެރޭގައެވެ. އުއްދަނޑިއަކީ ގްލައިސިމިކް އިންޑެކްސް ދަށް އެއްޗެއް ކަމުން، ލޭގައި ހުންނަ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

• ކެންސަރުން ރައްކާތެރިވުން:

ކެންސަރަކީ އޭގެ ޒާތުގައިވެސް އެލްކަލައިން އެއްޗެކެެވެ. އަދި އެއީ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓް ކަމްޕައުންޑްތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކުން އުއްދަނޑި ކެއުމުން ނުވަތަ އޭގެ ޖޫސް ގިރައިގެން ބުއިމުގެ ސަބަބުން އުރަމަތީގެ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ރައްކާތެރިވެއެވެ.

• ހަށިގަނޑަށް ހަކަތަ ފޯރުކޮށްދިނުން:

އުއްދަނޑިން ހަށިގަނޑަށް ގުލްކޯޒު ފޯރުކޮށްދެއެވެ. އަދި އެއީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓް އެކުލެވިގެންވާ އެއްޗަަށް ވުމުން މަސްތަކުގައި ހުންނަ ހަކުރު އަންދައިގެން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރު ފޯރުކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 100 ގުރާމްގެ އުއްދަނޑި ޖޫހުގައި 84 ކިލޯކެލޮރީ ހުރެއެވެ.

މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި، އަރިދަފުސް ރޯގާއާއި، ރީނދޫވުމާއި ވައިރަލް ފީވާ އަދި ދަތްފަނި ކެއުން ފަދަ ސިއްހީ އެތައް މައްސަލައަކަށް އުއްދަނޑިން ހަލެއް ލިބިގެންދެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އުއްދަނޑިން މިންވަރެއް ހިމެނުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުއްދަނޑި

    ތީ އަސްލު ވާހަކަ އެއްތަ؟؟؟