ފައިދިގު މަކުނަކީ އާންމުކޮށް އެންމެންވެސް ބިރު ގަންނަ އެއް ސޫއްޕެވެ. އޭގެ އެކި ބާވަތް ބާވަތުގެ ސޫފި ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އިރު ސައިންސްވެރިން މިވަނީ ފައިދިގު މަކުނުގެ އާ ވައްތަރެއް ހޯދާފައެވެ.

"ލޮކްޒޮސީލްސް ޓެނޮކްޓިޓްލަން" ގެ ނަމުން ނަން ދީފައިވާ މި ފައިދިގު މަކުނު ފެނިފައިވަނީ މެކްސިކޯގެ ލަކްސްކަލާ ސިޓީ އިންނެވެ. އާންމު ގޮތެއްގައި މި ވައްތަރުގެ މަކުނުތައް ތިބެނީ ފަރުނީޗަރާއި ހެދުން ފަދަ ތަކެތީގައި ފޮރުވިގެންނެވެ. އޭތި ހަމަލާ ދޭނީ އެއަށް ނުރައްކަލެއް ކުރިމަތިވާހެން ހީވެއްޖެ ނަމަ އެވެ. އަދި އެތަކެތި އާންމުކޮށް ބޭނުން ވާނީ އެކަނި ތަންތަނުގައި ފިލައިގެން ދިރިއުޅެން ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ހާމަ ކުރާ ގޮތުގައި މި ވައްތަރުގެ މަކުނުގެ ވިހަ އަކީ ފުރާނައަށް ނުރައްކާވާ އެއްޗެއް ނޫނެވެ. ނަމަވެސް އެ މަކުނުގެ ވިހަ ޖެހޭ ހިސާބުގެ މަސްގަނޑު މަރުވެ ފުޅައެޅުމަކީ ދިމާވެދާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އެގޮތުން އެފަދަ ފާރުގަނޑެއް 14 އިންޗަށް ބޮޑުވެ މުޅި ސަރަހައްދުގެ މަސްގަނޑު އެއްކޮށް މަރުވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މީގެ ފައިދިގު މަކުނެއް އެހެން ގައުމަކުން ފެނިފައި ނުވުމުން މިއީ މެކްސިކޯގައި އެކަނި ދިރިއުޅޭ އެއްޗެއް ކަމަށް ސައިންސްވެރިން ވަނީ ނިންމާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު