މަލިޔަލަމް ފިލްމް އޮރޫ އަދާރް ލަވްގެ ސީނަކުން، ފެނިގެން ދިޔަ އެއް ލޯ މަރާލާ ވީޑިއޯއިން ފެނިގެންދިޔަ ޕްރިޔާ ޕްރަކާޝް ވާރިއާ ދެވަނަ ބޮލީވުޑް ޕްރޮޖެކްޓެއްގެ މަސައްކަތް ފަށަން އުޅޭކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެ ފިލްމްގެ ނަމަކީ ލަވް ހެކާސްއެވެ. އެ ފިލްމްގައި ޕްރިޔާއާއެކު ދެން ފެނިގެން ދާނީ ސިދާތް މަހަޖަންއެވެ. މި ދެތަރިން ވާނޭ އެ ފިލްމްގެ ލީޑް ކުރާ ދެ މީހުންނަށެވެ. އެ ފިލްމް ޑައިރެކްޓްކުރަނީ މަޔަންކް ޕްރަކަޝް ސްރިވަސްޓަވާއެވެ.

ލަވް ހެކާސްއަކީ ކްރައިމް ތްރިލާ ފިލްމެކެވެ. އެ ފިލްމުގައި އެންމެ ބޮޑަށް ފޯކަސްކޮށްފައި އޮންނާނީ ސައިބާކްރައިމްގެ ސަބަބުން މީހުންނަށް ދިމާވާ ހާލަތްތަކާއި ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ފިލްމްގެ ޝޫޓިންގ ކުރިއަށްދާނެ ކަމަށް ބެލެވެނީ ލަކްނައު، ދިއްލީ، އާއި މުމްބާއީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕްރިޔާއަކީ، އޭނާގެ ފުރަތަމަ ފިލްމުގެ ސީނަކުން އެއް ލޯ މަރާލިގޮތުން އެތައް ބައެއްގެ ހިތްތައް އަތުލައި ބޮލީވުޑަށް ނުކުމެވުނު ތަރިއެކެވެ. އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ސްރީދޭވީ ބަންގަލޯއެވެ. އެ ފިލްމްގައި އޭނާއާއެކު ދެން ފެނިގެން ދިޔައީ އަރްބާޒް ޚާން އެވެ.

ސްރީދޭވީ ބަންގަލޯ އަކީ އަންނަ އަހަރު ތެރޭގައި ނުކުންނަން ތައްޔާރުވަމުން އަންނަ ފިލްމެކެވެ. އެ ފިލްމް މަސައްކަތް މި އަހަރު ކުރީކޮޅު ނިންމާއިރު، އެ ފިލްމް ނެރޭނެ ތާރީހެއް އަދި ނޭނގެއެވެ. އެ ފިލްމްގެ ދެ ޓީޒާއެއް މިހާރު ވަނީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫސްކިޔާމީހާ

    ޢޭނަ އެއް ލޯ މެރި ފިރިހެން ކުއްޖާ މަރުވެެއްޖެ

  2. ޝާދް

    ހަމަ އެގޮތަށް ފިރިހެން ކުދިން އެއްލޯމެރީމަ މަޝްހޫރުވާނަމަ ހަމައެކަނި އަންހެން؟