ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަމުން އަންނަތަރި، ޝާހްރުކް ޚާންވެސް އެތައް ފަހަރަކު ވަޒީފާއިން ފަޔަރ ކުރި ކަމަށް އޭނާ ބުނެފިއެވެ.

ބޮލީވުޑްގައި އޭނާ ފަހަކަށް އައިސް ކުޅުނު ގިނަ ފިލްމްތަކެއް ފްލޮޕް ވުމުން، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާހްރުކް ބުނެފައިވަނީ އޭނާއަށްވެސް އެންމެ ރަނގަޅު އެކްޓިން ނުދެއްކޭ ފަހަރު އަންނަ ކަމަށާއި، އެވަގުތުތަކުގައި އޭނާވެސް ވަޒީފާއިން ކަނޑާލާ ކަމަށެވެ.

"އަހަންނަށް ޤަބޫލު ކުރެވެނީ ހަމަ ފިލްމް ރަނގަޅަށް ނެހެދެނީއޭ. އެހެންވެ ފިލްމް ނުހިނގަނީ. އެކްޓް ނުކުރެވެނީ ކުރަން ޖެހޭ ވަރަށް. ބައެއް ފަހަރު ބޮސް ރުޅިވެސް އާދޭ. އައިގެން ވަޒީފާއިންވެސް ވަކިކޮށްފައި އެބަހުރި. އެކަމަކު އަނެއްކާވެސް ހަޔަރ ކުރޭ" ޝާހްރުކް ބީބީސީއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

ޝާހްރުކް ބުނެފައިވަނީ، އިންޑިޔާ މީހުންނަކީ ކްރިކެޓް ކުޅެންށާއި ފިލްމް ހަދަން މޮޅު ބައެއް ކަމަށާއި ފިލްމް ފްލޮޕަކަށްވަނީ ފިލްމުގައި ގެނެދެން ޖެހޭ ވާހަކަތައް އެ ގެނެސްދެން ޖެހޭ ގޮތަށް ފިލްމް އިން ނުގެނެސް ދެވޭތީ ކަމަށެވެ.

ޝާހްރުކް އެންމެ ފަހުން ނެރުނު ދެ ފިލްމްވެސް ދިޔައީ ފްލޮޕުންނެވެ. އަދި ޝާހްރުކްގެ ފިލްމް ރައީސްއަށް ލިބިގެން ދިޔައީ ފިނި ތަރުޙީބެކެވެ.

ކިޔުންތެރިންގެ ހިޔާލު