އަވަށްޓެރި އިންޑިއާގެ އަވަށަކުން ދެ ބޯލާފައި ހުރި ހަރުފައެއް ފެނިއްޖެއެވެ.

އާދަޔާ ޙިލާފް މި ހަރުފަ ފެނިފައި ވަނީ އެ ގައުމުގެ ބެންގާލްގައި އޮންނަ ކުޑަ އަވަށަކުންނެވެ. މި ހަރުފައިގެ ޙަބަރު އެ ސަރަހައްދުގެ ޖަންގަލިތަކާއި ބެހޭ ޑިޕާޓްމެންޓަށް އެނގި އެ ހަރުފަ ހޯދަން އައި ނަމަވެސް ހަރުފަ ދިރިއުޅޭ އަވަށުގެ މީހުން ވަނީ އެ ހަރުފަ ކަމާބެހޭ ފަރާތްތަކާއި ހަވާލުކުރަން ދެކޮޅު ހަދާފައެވެ.

އާއްމު ގޮތެއްގައި ނުރައްކާތެރި ހަރުފަތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުން ފެންނަނަމަ، މި ޑިޕާޓްމެންޓުގެ މީހުން އެ ހަރުފަތައް ހިފައި އެހެން ސަރަހައްދަކަށް ބަދަލު ކުރާނެއެވެ. ނަމަވެސް މި ހަރުފަ ދޭން އެ އަވަށުގެ މީހުން ދެކޮޅު ހަދާފައި ވަނީ ދެ ބޯލީ ހަރުފަ އަކީ ޙާއްސަ އެއްޗެއް ކަމަށާއި އެ ހަވާލުކޮށްފިނަމަ އެމީހުންނަށް މުސީބާތެއް ކުރިމަތިވެދާނެ ކަމަށް ބުނެފައި ކަމަށް އެ ގައުމުގެ ރިޕޯޓްތައް ބުނެއެވެ.

އެ އަވަށުގެ މީހުން މިގޮތަށް ދެކުނު ނަމަވެސް ކަމުގެ މާހިރުން ބުނެފައި ވަނީ މިގޮތަށް ދެބޯލީ ހަރުފަތައް ދޭތެރެ ދޭތެރެއިން ފެންނާނެ ކަމަށާއި އެއީ އުފެދުމުގައި ދިމާވާ މައްސަލަ އެއް ކަމަށެވެ. އިންސާނުންގެ އައިބުތައް ހުންނަ ފަދައިން ޖަނަވާރުންގެވެސް މިފަދަ އައިބުތައް ހުންނާނެ ކަމަށް މާހިރުން ބުނެއެވެ. ނަމަވެސް އެ އަވަށުގެ ރައްޔިތުން މިކަން ގަބޫލުކުރަން ދެކޮޅު ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    މިހާރު ތިޔަށް އަޅުކަންކުރާނެ!

    12
  2. ހޫން

    ޢެމީހުން ގަބޫލު ކުރާ ގޮތުގަ އެއީއެމީހުން އަޅުކަނއކުރާ ބަގުވާނު. އެހެންވެ ނުދޭން ހިފާލީ އެ

  3. ބޯ

    ނަސީބެއްނު ތިންބޯ ނެތްކަން

  4. ކުލައިވެޓް ސެޓާ

    ހިންދޫން ތިއަށް އަޅުކަންކުރަންފަށާދެން.

    11
    1
  5. ވާނުވާ

    މިހާރު ތިއަށް ވެސް އަޅުކަންކުރާނެ އެމީހުން

    11
    1
  6. އަބޫބޭ

    އަވަހަޢް ކަލާންގެ އަކަށް ހަދާ އަޅުކަން ކުރަން ފަށާ

    11
    1
  7. ޔަހި

    ނާގިން ގިން ގިން ނަރަގިން.?

    7
    1
  8. ާއަލީ

    މާދަމާ ނޫހުގަ އޮންނާނެ އެ ހަރުފަ ރޭޕް ކުރި ވާހަކަ

    19
    1
  9. މއާޒު

    ވަރައް ތަފާތު ޖަނަވާރު އުފަންވާގަޢުމެއް ތީ

  10. ވާހަކަ

    ވާހަކަ ލިއުންތެރިޔާ އަހްމަދު ޝަފީއު ސިއްސުވައިލި ވާހަކަ ސިރީޒްގެ ތެރެއިން ލިއުއްވާފައިވާނެ 'އާދަޔާހިލާފު ދެބޯ ހަރުފަ ކިޔާ ފޮތެއް

  11. ޑެއިލް

    މަހީކު ރީ މިގައމުގެ ކުރީގެ ރައީސްކަމަށް. ޢެއީ ދެއާނގަލީ މީހެއް