މިހަފްތާގެ އަންގާރަ ދުވަހު އެމެރިކާގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި ފުރާވަރުގެ ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އެހީތެރިވީ އެޕަލްގެ އާޓިފިޝަލް އިންޓަލިޖެންސް ފޯން އެސިސްޓެންޓް "ސީރީ" އެވެ.

އުމުރުން 18 އަހަރުގެ ގައެލް ސެލްކޭޑޯ ދުއްވަމުންދިޔަ މަގުމަތީގައި ސްނޯ ހެދިފައި ހުރުމުން ގޮސް އެތާ ހުރި ގަނޑުފެންގަނޑެއްގައި ޖެހި ކޮންޓްރޯލުން ނައްޓައިގެން ގޮސް ވެއްޓުނީ ކޯރަކަށެވެ. ގައެލްއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެވަގުތު އޭނާ ހީކުރީ ދެން މަރުވާނީ ކަމަށެވެ. އަދި އެހީ އެދެން މީހަކަށް ގުޅަން ވެގެން ފޯނު ހޯދަން ބެލި އިރު ފޯނު އޮތީ މާ ދުރުގައި ކަމަށްވުމުން އެވަގުތަށް އުއްމީދު ކަނޑާލި ކަމަށާއި އިރުކޮޅަކުން ހަނދާންވީ "ސިރީ" ލައްވާ ފުލުހުންނަށް ގުޅޭނެ ކަމެވެ.

"އަހަރެން ފޯނު ހޯދަން އުޅެ އުޅެ ނުފެނުން. ދެން އަހަރެން ގޮވީ ސީރީއަށް 911 ގުޅައިދޭށޭ ކިޔާފަ. ދެން ގުޅުނީ. އެހިސާބުން ފޯނު ފެނުނީވެސް،" ގައެލް ކިޔައިދީފައިވެއެވެ.

ފަޔަފައިޓަރުން އައިސް އޭނާ ސަލާމަތްކުރި އިރު އޭނާ އިން ކާރު ދިޔައީ އެ ކޯރުގެ ތެރެއަށް ގެނބެމުންނެވެ. ނަމަވެސް އޭނާ ވަނީ ސަލާމަތްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސިރީ ކުލަރަންމީބަ ކައްތިރި އެހީތެރިޔާ.

    14