އިންޑިއާގެ ސިޓީއެއް ކަމަށްވާ ބޮޕާލްގައި ފާދިރީއެއްގެ ބަހައް ހެއްލި، ތިން ފަތް ވަރިން ވަރިކުރި އަންހެންމީހާ އަލުން ހޯދަން ފިރިހެނަކު އޭނާގެ ކުރީގެ އަނބިމީހާ ރޭޕް ކުރުމަށް ފާދިރީ އާއި ހަވާލު ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާއާއި އޭނާގެ ފރިމީހާ މީގެ ކުރިން މައްސަލަ ޖެހިގެން ތިންފަތް ވަރިން ވަރި ކުރީ ކަމަށެވެ. އަދި އޭގެ ފަހުން މައްސަލަ ހައްލުކޮށް އަލުން ގުޅުން ބާއްވަން ވެގެން ހިންދޫ ދީނުގެ ފާދިރީ މީހެއްގެ ލަފާގެމަތިން ޖިންސީ ގުޅުން ހިންގުވަން ރޭޕް ކުރީ ކަމަށެވެ.

އެ އަންހެން މީހާ ރޭޕް ކޮށްފައިވަނީ އެމީހުން ދިރިއުޅޭ ތަނާއި ކައިރި ގެއަކަށް ގެންގޮސްގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންހެން މީހާއާއި އޭނާގެ ކުރީގެ ފިރިމީހާ އާއި ދެމެދުގައި މައްސަލަ ޖެހުމުން އެފިރިހެން މިހާ ވަނީ އެ މައްސަލަ ހައްލު ކުރުމަށް ވަރަށް މައްސައްކަތް ކޮށްފައެވެ. އަދި ފާދިރީ މީހާ އޭނާ ރޭޕް ކުރި ހިސާބުން ފިރިހެން މީހާ އެއަންހެން މީހާއާއި އެކީ އުޅެން ވެސް ބޭނުމެއް ނުވިއެވެ.

މިކަން މިގޮތަށް ހިނގުމުން އެ އަންހެން މީހާ ވަނީ ފުލުހަށް މައްސަލަ ޖައްސާފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މިހާރު އެ އަންހެން މީހާގެ ކުރީގެ ފިރިމީހާގެ އިތުރުން ފާދިރީ ފިރިހެން މީހާވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެއްސެއް

    :
    ﴿19﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

    ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

    29
    2
  2. ހުސޭނުބޭ

    ކައިވެނި އެއްފަށުން ކޮށްފައި ވަރިން ތިންފަށުން ކުރަންޏާ ދެ އުޅި އެބަ އިތުރުވޭ! ކިހިނެއް ތިންފަށްވަރިން އެއްފަހަރާ ވަރިކުރާނީ! އެކަން ކުރަންޏާ އެންމެ ފުރަތަމަ ކައިވެނި ތިންފަށުން ކުރަންވީނު! ނޫނީ 3 މީހުންނަށް އެއްފަހަރާ މަންމަ ކިޔަންވީނު!

    4
    20
    • ސޭކު ހުސޭނުބޭ

      ކަލޭ މޮޔައީ ވަކިވަރަކަށް ނޫން ދޮ؟ތިކަހަލަވިސްނުން ހުންނަ މީހުން ރަގަނޅުވާނީ މީހުންނާ ނީނީއާމުން!

      16
      3