އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އައްސާމްގެ ބައެއް ރައްޔިތުން، މުސްލިމް ނޫން މީހުންނަށް ރަށް ވެހިކަން ދޭން ގާނޫނެއް ފާސް ކުރުމުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އިންޑިއާގެ ފުލުހުން މިހާރު ވަނީ މުޒާހަރާގައި ބައިވެރި ބައެއް ފަރާތްތަކުން ހައްޔަރުކޮށް އިންޑިއާގެ އައްސާމް ސްޓޭޓްގައި ކާފިއު އިއުލާން ކޮށްފައެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އެކަމާއި ދެކޮޅު ހަދައި ގިނަ އަދަދެއްގެ ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ބައެއް ހިސާބުތަކުގައި މުޒާހަރާކޮށް ބައެއް ތަކެތި ރޯކޮށްލާފައެވެ. އެގޮތުން އަމިއްލަ ފަރާތްތަކެ ބަހުގެ އިތުރުން ފޯނު ކުރަން ބޭނުން ކުރާ ބޫތު ތަކާއި ޓަޔަރު ތައް މުޒާހަރާގެ ބައިވެރިން ވަނީ ރޯ ކޮށްލާފައެވެ. މިކަމާއި ގުޅިގެން ފުލުހުން އަންނަނީ މުޅި ހިސާބުތަކުގައި މުޒާހަރާގައި ބައިވެރިވެފައިވާ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އައްސާމް އަވަށުގެ ބައެއް ރައްޔިތުން ބުނެފައިވަނީ މުސްލިމް ނޫން މީހުންނަށް ރަށްވެހިކަން ދިނުމުން އެމީހުންގެ ސަގާފަށް ގެއްލިގެން ހިނގައިދާނެ ކަމަށާއި އެކަމަކީ މުސްލިމުންގެ ބާރު ގެއްލުވާލަން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެ ގާނޫނު ފާސްކޮށްފައިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އިންޑިއާގެ ރައީސްގެ ސޮއި ލިބުމާއެކު އެ ގާނޫނަށް އަމަލު ކުރަން ފެށޭނެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކަށް އެމީހުންގެ ސަގާފަތް ނަގާ ނުލެވޭނެ ކަމަށާއި އެކަމުގެ ޔަގީން ކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ވަނީ އެ ބިލުގައި މުސްލިމުންނަށް ރަށްވެހިކަން ލިބިގެންދާނެ ކަން ނެތުމުން އެކަމާވެސް ސުވާލު އުފައްދާފައެވެ. އެ ބިލުގައިވާ ގޮތުން ހަމަ އެކަނި އިންޑިއާގެ ރަށްވެހިކަން ލިބިގެން ދަނީ އެހެން ގައުމުތަކުގެ ބުދިސްތް، ކްރިސްތިއަން، ހިންދޫ، ޖެއިންސް، ޕާސިސް އިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިހަބަރު ރާއްޖެ އެމްވީން ގެނެސްދީފަ އޮތީ ހުދުކާފޫރަށް ހަދައިގެން. ބަލާބަލަ މީގެންhttps://raajje.mv/67640 . މީދެން ބޮޑުވަރުދޯ. މިމީހުން ސަޕޯޓްކުރާ ސަރުކާރު ވެރިކަމުގަ އޮތީމަ ހަގީގަތް އޮޅޭގޮތަށް އިންޑިޔާ ސަރުކާރު ދިފާއުކޮށްފަ ހަބަރު ގެނެސްދެނީ. ޗައިނާ ހަބަރެއް ނަމަ ގެނެސްދޭނެ އޭގެ އެންބެ ނުބައިތަސައްވަރެއް މީހުންނަށް ކުރެވޭނެ ގޮތަކަށް. މީ މިއަދުގެ މިނިވަން ނޫސްވެރިކަމޭ މިކިޔާމީހުންގެ ހާލު. އަޅުވެތިވެފަ މިތިބެނި ނޫސްވެރިންވެސް. އެހެންވީމަ ވަކިއަތަކަށް ބުރަވާގޮތަށް ހަބަރު ތައްޔާރުކުރެވެނި.

    24
    2
  2. މަކިނބޫ

    ގެރިސްތާން

    11
    1
  3. ޢަންސާރު

    ކާފަރު މޯދީ އަށް ރާކަނިމަސް ކެވޭނެ...

    12
    1
  4. ފ

    ކޮބާ އިންޑިޔާގެ ހަގީގީ ސޫރަ އެބަފެނޭއެއްނޫން އަދިވެ ސް ބައެއް ދިވެހިން ގަބޫލުުނުކުރަން މިއުޅެނީ

    11
    1
  5. ?ރޮނޑާ

    ރަގަލު އެހެން ގައުމަކައް އާސަންދައިގެ ހިދުމަތް ބަދަލު ކުރަންވީ.

    8
    1