އިންޑިއާގެ އަވަށެއް ކަމަށްވާ ސަމްބަލްޕޫރުގައި ކުކުޅު ތަކެއް ނަގައިގެން ދިޔަ ލޮރީއެއް އެކްސިޑެންޓް ވެއްޖެއެވެ.

މި ހާދިސާގައި އެ ލޮރީ ފުރޮޅާލާފައިވެއެވެ. އަދި ގިނަ އަދަދެއްގެ ކުކުޅުވަނީ މަގުމައްޗަށް ދޫވެފައިވާއިރު އޭގެތެރެއިން ބައެއް ކުކުޅުތައް ވަނީ މަރުވެފައެވެ.

އެސަރަހައްދައް އެވަގުތު ގިނައަދަދެއްގެ އާއްމު ފަރާތުން އެއްވެ، މަގުމައްޗަށް ދޫވެފައިވާ ކުކުޅުތައް ނަގައިގެން ގެއަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. މި ވީޑިއޯ އެތަކެއް ސަތޭކަ ފަރާތްތަކުން މިހާރު ބަލާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކުވަނީ އެ ވީޑިއޯ ޝެއާކޮށްފައެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އިންޑިއާގެ ބައެއް ރައްޔިތުން ބުނެފަައިވަނީ އެމީހުން އެވަރުގެ ފުރުސަތެއް ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި އެއީ މަދު ފަހަރެއްގައި ދިމާވާނެ ހާލަތެއް ކަމުގައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އެގޮތަށް އެކްސިޑެންޓްވުމުން އެފަރާތްތަކުން ކުކުޅު ނެގުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި އެތަނުން ގިނަ ފަރާތްތަކުން ނަގާފައިވަނީ މަރުވެފައިވާ ކުކުޅު ކަމަށެވެ. އަދި އެކްސިޑެންޓްގައި އެ ލޮރީ ދުއްވަން ހުރި މީހާގެ ހާލަތައް އެއްވެސް ބަޔަކު ބަލާފައި ނުވާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެހާދިސާ ހިނގާދިޔަގޮތް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ލޮރީ ދުއްވަން ހުރި މީހާގެ ހާލު ރަނގަޅު ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު