ބޮލީވުޑް ގެ ތަރި އަކްޝޭ ކުމާރު އޭނާގެ އަނބިމީހާ ޓްވިންކަލް ކަންނާ އަށް ގެނެސްދިން އަގުބޮޑު ފިޔައެއްްގެ ވާހަކަ އޭނާ މި ވަނީ ދައްކާފަ އެވެ. އޭނާއަށް އަކްޝޭ ގެންގޮސް ދީފައި ވަނީ ފިޔައެއް އަޅުވާފައި ވާ ކަންފަތުލާ މުންޖެކެވެ.

އުމުރުން 45 އަހަރުގެ ޓްވިންކަލް އޭނާއަށް ލިބުނު އެ ހަދިޔާގެ ވާހަކަ އިންސްޓަގްރާމް ގައި ހިއްސާ ކުރީ، އޭގެ ފޮޓޯއާވެސް އެކުގައެވެ.

އޭނާ ބުނީ، އަކްޝޭ އެ ކަންފަތު ލާ މުދި ގެންގޮސްފައި ވަނީ ކަޕިލް ޝަރްމާ ޝޯވއަށް، އޭނާ އެންމެ ފަހުގެ ފިލްމް ގުޑް ނިއުޒް ޕްރޮމޯޓް ކުރަން ދިޔަ ފަހަރު ކަމަށެވެ. ޓްވިންކަލް ބުނީ އެ ކަންފަތު ލާ މުދި އެ ޝޯވއަށް ގެންދިޔަ ނަމަވެސް، އަކްޝޭ އާއެކު އެ ފިލްމުން ފެނިގެންދާ ކަރީނާ ކަޕޫރަށް އެ މުދި ކަމުނުދިޔަ ކަމަށެވެ.

https://www.instagram.com/p/B5-n4WOFwoh/?utm_source=ig_embed&ig_mid=1D32B391-5F09-4E8C-93B9-82099BAFC11A

 

އެހެންވެ އެ ފިޔާ ކަންފަތު ލާ މުދި އަަހަންނަށް ކަމުދާނެ ކަމަށް ބަލައި އެ މުދި އޭނާ އަހަރެންނަށް ގެނައީ ކަމަށް ޓްވިންކަލް ބުންޏެވެ.

"ބައެއް ފަހަރަށް ކިތަންމެ އާދައިގެ ކަމަކުން ވެސް މީހެއްގެ ހިތް ފުރާލެވިދާނެ". ޓްވިންކަލް ބުންޏެވެ.

ދެމަފިރިންގެ ދެމެދުގައި ހަދިޔާ ބަދަލުކުރުމަކީ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ.