އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ހޯދުމަށް އަންހެނަކު އިނގިރޭސި ވިލާތުން ނޭޕާލާއި ހަމައަށް ދުވަން ފަށައިފިއެވެ.

ރޯޒީ ސްވޭލް ޕޯޕް ނަމަކަށް ކިޔާ މި އަންހެނާ ވަނީ މިހާރު ޔޫރަޕުން އިސްތަމްބުލް އަދި ތުރުކީ އާއި ހަމައަށް ޗެރިޓީ ހޯދުމަށް ދުވެފައެވެ. އަދި މިހާރު އޭނާ ވަނީ އިނގިރޭސި ވިލާތުގެ ބްރިޓޭން އިން ނޭޕާލުގެ ކަތަމަންޑޫއަށް 6000 މޭލުގެ ދަތުރު ފަށާފައެވެ.

އުމުރުން 73 އަހަރުގެ މި އަންހެނާ އެކި ކަހަލަ ގޮންޖެހުންތަކާއި ކުރިމަތިވެގެންވެސް އެކަން ކުރަމުން އަންނަނީ، 2015 އަހަރު ނޭޕާލަށް އައި ބިންހެލުމުގެ ސަބަބުން ގެއްލުން ވެފައިވާ ފަރާތްތަކަށް އެހީ ހޯދައި ދިނުމުގެ ގޮތުންނެވެ.

“މިއީ ހަމައެކަނި އެފަރާތްތަކަށް ކެއުން ބުއިން ދޭން ކުރާ މަސައްކަތެއް ނޫން. މީގެ ބޭނުމަކީ އެފަރާތްތަކަށް އަމިއްލައަށް ކައްކައިގެން ކެވޭ ވަރު ކޮށްދިނުން” އިސްތަމްބުލްގައި ހުންނަ ހާޖިއާ ސޮފިއާ ކައިރިން ދުވަމުން އަންހެން މީހާ ބުންޏެވެ.

ނޭޕާލުގެ ސަރުކާރުން އަންނަނީ އެގައުމަށް، 7.8 މިންގަނޑުގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ގެއްލުން ވެފައިވާ ފަރާތްތަކަށް އެހީ ދިނުމަށް މަސައްކަތް ކުރަމުންނެވެ. މި ބިންހެލުމުގެ ސަބަބުން 9000 މީހުން މަރުވެ ވަނީ އެތައް މިލިއަން ބައެއްގެ ގެތައް ހަލާކުވެގެން ގޮސްފައެވެ.

ޕޯޕް ބުނެފައިވަނީ ތުރުކީ އަކީ އޭނާ މިހާތަނަށް ދުވި 13 ސިޓީގެ ތެރެއިން އެއް ސިޓީ ކަމަށެވެ. އަދި ދެން ކުރިއަށް އޮތީ ޖޯޖިއާ ކަމަށްވެސް އޭނާ ބުންޏެވެ. ޕޯޕް އަންނަނީ ދުވާލެއްގެ މައްޗަށް 20 ކިލޯމީޓަރު (12.4 މޭލު) ހުރަސް ކުރަމުންނެވެ.

”އަހަންނަކަށް ނޭނގެ ނިދޭތަނެއް. ބައެއް ދުވަސްތަކުގައި ހަނަފަސް ސަހަރާތަކާއި މަގުމަތީގައި ނިދަނީ. ނިދިން ތެދުވާ ގޮތަށް އަނެއްކާވެސް ފަށަނީ ދުވަން“ ޕޯޕް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?ރޮނޑާ

    ދުވެގެން އެހީވާން ލާރި ހޯދާނެ ގޮތެއް އަހަންނަކައް ނުވިސްނޭ.

    3
    1