އުމުރުން އެންމެ 29 އަހަރުގެ އަންހެނަކު ބަނޑުބޮޑުވިތާ ތިން މަސްވެސް ނުވަނީސް "ޓާމިނަލް ބޯން ކެންސާރ" ޖެހިފައިވާ ކަން އެނގިއްޖެއެވެ.

ލައުރާ ކިންގް ނަމަކަށް ކިޔާ މި އަންހެން މީހާ ފާއިތުވި އަހަރުވެސް ވަނީ "ބްރެސްޓް ކެންސާރ" އާއި ގުޅިގެން އޮޕަރޭޝަންތަކެއް ކޮށްފައިކަމަށް ޚަބަރުތައް ބުނެއެވެ.

ތިން އަހަރުގެ ކައިވެނީގެ ގުޅުމަށް ދަރިއަކު ހޯދުމަށް ނިންމީވެސް ލައުރާގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށާއި އޭގެ ފަހުން ވެސް ލައުރާގެ ސިއްހަތު ރަނގަޅު ކަމުން ކަމުގައި އޭނާގެ ފިރިމިހާ ވަނީ ބުނެފައެވެ.

"ބަނޑުބޮޑުވި ފުރަތަމަ ދުވަސްކޮޅުވެސް އެއްވެސް އުނދަގުލެއް ކުރިމަތި ނުވޭ. އެކަމަކު ތިންވަރަކަށް މަސްފަހުން އަތަށް ފާޑެއްގެ ތަދެއް އެރީ. ދެން އޭގެ ފަހުން ވޭން ބޮޑު ވަމުން ދިޔައީ" ލައުރާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ޑޮކްޓަރަށް ދެއްކުމުން އެމް.އާރު.އައި ސްކޭނެއް ހަދަން ދިން ކަމަށާއި އޭގެ ނަތީޖާ ދެއްކި ގޮތުން މިހާރު ކެންސަރުވެސް ޖެހިފައިވާކަން މިވަނީ އެނގިފައި ކަމަށެވެ.

ލައުރާއާއި އޭނާގެ ފިރިމީހާ

ޚަބަރުތައް ބުނާގޮތުން ލައުރާއަށް މިހާ އަވަހަށް "ޓާމިނަލް ބޯން ކެންސާރ" ޖެހެން މެދުވެރިވީ އޭނާއަށް ކުރިން ޖެހިފައިވާ "ބްރެސްޓް ކެންސާރ" އެއްކޮށް ރަނގަޅުވެފައި ނުވާތީ ކަމުގައެވެ. އަދި ދުވަސްވީވަރަކަށް އޭގެ އަސަރު ބޯންސް ތަކަށް ވެސް ކުރީ ކަމުގައި ބެލެވޭ ކަމުގައެވެ.

ލައުރާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ އާއިލާއާއި ރައްޓެހިން ގުޅިގެން މިހާރު ފަންޑު ފޮއްޓެއް ބަހައްޓާފައިވާއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ ގޮތްވެސް އެމީހުން ވަނީ ހަދައިދީފައެވެ.

"މިކަހަލަ ދަނޑިވަޅެއްގައި ފިރިމީހާއާއި އާއިލާ އަދި ރައްޓެހިންގެ ފަރާތުން އެއްބާރުލުން ލިބޭތީ ވަރަށް އުފާވޭ" ލައުރާ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

ލައުރާގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރުމަށް ނިންމާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ ތަމެން ވެސް ބަލައިގެން އުޅެއްޗޭ ސްޕެޝަލީ ބްރެސްޓް ކެންސަރ އަށް ޓެސްޓް ކުރުން އެއީ މުހިއްމު ކަމެކޭ ބިކޮޒް ތަމެން ބްރެސްޓް ބޮޑު ކުރާ ބޭސް އެވަަރަށް އޭގައި އުނގުޅާތީއޭ އައި ލައިކް ޔޫ ޓު ހޭވް އަ ޓެސްޓް އޮފް ދި ސްމޫތް އެޕަލް. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑަައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި ޑާއި.

  2. ހަމައެކަނި ޑޮކުޓަރުންނަށް ބަރޯސާވެގެން ނެތް