އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ މުހައްމަދު ހަދީދް ދުނިޔެއަށް މަޝްހޫރު ވެފައި ވަނީ ހަމައެކަނި ބިލިއަނަރެއްގެ ގޮތަކު ނޫނެވެ. މިހާރު އުމުރުން 71 އަހަރު ވެފައިވާ މުހައްމަދު އޭނާ އަށް ވުރެ އުމުރުން އެތައް އަހަރެއް ހަގު އަންހެނުންނާއި ބާއްވާފައި ލޯބީގެ ގުޅުންތަކުގެ ސަބަބުން ވެސް ދުނިޔެއަށް އޭނާ މަޝްހޫރެވެ. އޭގެ އިތުރުން ދުނިޔެއަށް މަޝްހޫރު މޮޑެލުން ކަމަށްވާ ގިގީ ހަދީދް އާއި ބެލާ ހަދީދްގެ ބައްޕަ އަށް މުހައްމަދު ވާތީ ވެސް އޭނާގެ ވާހަކަ ދައްކައެވެ.
މީގެ ކުރިން އެތައް ޒުވާން އަންހެނުންނަކާއި އެކު ބޭއްވި ލޯބީގެ ގުޅުންތަކުގެ ސަބަބުން މުހައްމަދުގެ ނަން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސުރުހީއަށް އެރިއެވެ. ނަމަވެސް މިހާރު އޭނާގެ ނަން ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ އޭނާ ބަނގުރޫޓް ވެއްޖެ ކަމަށް ކަނޑައަޅައި ދިނުން އެދި އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހެޅުމުންނެވެ. ބަނގުރޫޓް ވެފައިވާ މީހެއް ކަމަށް އެމެރިކާގެ ކޯޓަކުން ނިންމައިފިނަމަ އެމީހަކަށް ޓެކްސް ދެއްކުމާއި އެހެން ބައެއް ކަންތައްތަކުގައި ބޮޑެތި ލުއިތަކެއް ލިބޭނެއެވެ.
މުހައްމަދުގެ މިލްކިއްޔާތުގެ މީގެ ކުރިން ބިލިއަނަކަށް އެރިނަމަވެސް މިހާރު މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާގެ މިލްކިއްޔާތުގައި މިހާރު ހުރީ 100 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެކެވެ.
ބަނގުރޫޓް ވެގެން މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރުވެސް މުހައްމަދު އުޅެނީ ލޯބީގެ މައްސަލަތަކެއްގެ ތެރޭގައެވެ. އުމުރުން 39 އަހަރުގެ ޝިވާ ސަފާއީ އާއި މުހައްމަދު ކައިވެނި ކުރަން އެންގޭޖްވެ ކައިވެންޏަށް ތައްޔާރު ވަމުން ދަނިކޮށް މުހައްމަދު އުމުރުން 26 އަހަރުގެ މޮޑެލް އެއް ކަމަށްވާ ޖަސްޓީން މޯންޑް އާއި ލޯބީގެ ސިއްރު ގުޅުމެއް ބޭއްވި ކަން މިހާރު ވަނީ ބޭޒާރުވެފައެވެ.
ޖަސްޓީން ވަނީ މުހައްމަދުގެ ޚަރަދުގައި ލަގްޒަރީ ޕްރައިވެޓް ޖެޓްތަކުގައި އެތައް ދަތުރެއް ކޮށްފައިކަން މިހާރު ވަނީ ބޭޒާރުވެފައެވެ.
މުހައްމަދު ބަނގުރޫޓް ވެފައިވާ ކަމަށް ނިންމަން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވީނަމަވެސް އޭނާ ވަނީ މެއި މަހު ވެސް އަގުބޮޑު ގެއެއް ގަނެފައެވެ.
މުހައްމަދު އަކީ ރިއަލް އެސްޓޭޓް އިންވެސްޓަރެކެވެ.
ޖީޖީ ހަދީދް ? ގިގީ އެއް ނޫން
ކޮންމ އަންހެނަކުވެސް މީނަ ހައްދާލާފައި ލާރިކޮޅު ހިފައިގެން ފިލަނީދޯ! ތިހުރީ ރީއްޗަށް ބިލިއަނަރަކަށް ވެފައި!
ތި މުހައްމަދު ކިތަންމެ މަޝްހޫރަކަސް އަހަރެމެން ނުދަންނަން ތި ހުންނަ މީހެއްކަމެއްވެސް، އަހަރެމެން ދަންނަ އަހަރެމެންގެ ތެރެޔަށް މަޝްހޫރު މުހަންމަދު އަކީ އެއަށްވުރެމާތް އެއްވުރެ ވަފާތެރިބޭފުޅެއް..
ގީގީ އޯ... ލޮލް