ޒުވާނުންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ އޮންލައިން ގޭމް ޕަބްޖީގެ އަވާގައި ޖެހިގެން އެތައް ހާދިސާތަކެއް ހިނގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އަނެއްކާވެސް މި ވަނީ އެ ގޭމްގެ އަވާގައި ޖެހުނު ޒުވާނެއްގެ ފުރާނަ ގެއްލިފައެވެ.

އިންޑިއާގެ މަދްޔާ ޕްރަދޭޝްއަށް ނިސްބަތްވާ މި ޒުވާނާ މަރުވެފައި ވަނީ ފެން ކަމަށް ހީކޮށް އޮޅިގެން އެސިޑް ބޮވިގެންނެވެ. އުމުރުން 20 އަހަރުގެ މި ޒުވާނާ ޕަބްޖީ ކުޅެން އިނދެފައި އެސިޑް ބުއީ ފެން ކަމަށް ހީކޮށެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭލެއްގެ ތެރޭގައި، އިތުރު ރަހުމަތްތެރިއަކާއެކު އޭނާ ދަތުރު ކުރަމުން ދަނިކޮށެވެ.

ސައުރަބް ޔަދަވް ނަމަކަށް ކިޔާ މި ޒުވާނާ އާއި ރަހުމަތްތެރިޔާ ސަންތޮޝް ޝަރްމާ ރޭލުގައި ޝްވަރުނާއަށް ދަތުރު ކުރަމުން ދިޔައިރު، ދިޔައީ އެސިޑް ފުޅިއެއް ހިފައިގެންނެވެ. އެ އެސިޑް ފުޅިއަކީ ޝަރްމާ ޖަވާހިރުގެ މަސައްކަތަށް ގެންގުޅުނު ފުޅި އެކެވެ. އެއީ ފެން ކަމަށް ހީކޮށް ގޭމްގެ އަވާގައި ޖެހި ޔަދަވް އަށް އެ އެސިޑް ފުޅި ބޮވުނީ އެވެ.

އެ މަންޒަރު ފެނި ޝަރްމާ އޭނާއަށް އެހީތެރިވާން ދިޔާ ނަމަވެސް، ރޭލު ހުއްޓާ ނުލާ ސީދާ އަގްރާއަށް ދިޔުމުން އޭނާއަށް އަވަސް ފަރުވާ ވަނީ ނުދެވި ފައެވެ. އޭނާއަށް ފަރުވާ ނުދެވި ލަސްވުމުން މަރުވިއިރު، ޔާދަވްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި، ޝަރްމާ ޔަދަވް އަށް އެސިޑް ބިން ދިނީއެވެ.

މި ދެ މީހުން އެކުގައި ދަތުރު ކުރަމުން ދިޔައީ ޝަރްމާގެ ޖަވާހިރު ވިޔަފާރި ކަންތަކުގައެވެ.

މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

މީގެ ކުރިން ވެސް ޕަބްޖީ ކުޅެން އުޅުނު މީހަކު ފެން ކަމަށް އެސިޑް ބޮވިގެން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަކިނބޫ އެޓް ދުބާއީ

    ޕަބުޖީ އަވައިގަ ޖެހި ލަނޑު ލިބެނީ އިންޑިޔާ މީހުން އެކަނިތަ. މިއީ އިންޑިޔާ މީހުން އެކަނި ކުޅޭ އެއްޗެއްތަ.

    9
    9
  2. ދޮގު

    ޕަބްޖީ ގެ ނަން ހުތުރު ކުރަން ކޮންމެވެސް މޮޅު އެއްޗެކޭ ކިޔާނެ އަބަދުވެސް... ބަލަ އެސިޑަކީ ގަދަ ހުތް ރަހަދޭ އެއްޗެއް... ދުލުގަ ޖެހޭއިރަށް އެކަން އިހުސާސްވާނެ ކިތަންމެ ވަރަކަށް ޕަބްޖީގެ އަވައިގަ ޖެހިފަ އިނަސް... އެހާވެސް އޭގެ ހުތް ރަހަ ގަދަ ވާނެ... އެހެންވީމަ މަށަށްވެސް ހީވަނީ އެމީހާގެ ޢާއިލާއިން އެ ތުހުމަތުކުރާ ގޮތަށް އެމީހާ ގަސްތުގަ މަރާލީހެން... ބައެއް މީހުން ކޮމެންޓު ކުރާނެ އެސިޑުގެ ރަހަ ބަލައިފަހޭ ތި އުޅެނީ... ރަހަ ނުބެލިޔަސް އެއީ އޯލެވެލް ކެމިސްޓްރީ ފެންވަރު ހުރި މީހަކަށް ވެއްޖެއްޔާ އެނގޭނެ ކަމެއް...
    މި ކޮމެންޓު ޖަހާލަދޭތި...

    12
    8