ފޮޓޯއިން އެ ފެންނަނީ މަޝްހޫރު ކާޓޫން ފިލްމް "ފައިންޑިންގ ނީމޯ" ގެ ޕޯސްޓަރުން ފެންނަ ފަދަ ފޮޓޯ އެކެވެ. މި ދެ ފޮޓޯގެ ތަފާތަކަށް ވަނީ އެއް ފޮޓޯ އެއީ ކޮމްޕިއުޓަރު ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުމަކަށްވުމެވެ. އަނެއް ފޮޓޯ އަކީ ފޮޓޯގްރަފަރަކު އޭނާގެ ކެމާރާއިން ނަގާފައިވާ މޮޅު ފޮޓޯ އެކެވެ.

މި ފޮޓޯ ނަގާފައިވަނީ ޑަސްޓިން ބާކްހައުސް ނަމަކަށް ކިޔާ ފޮޓޯގްރަފަރަކު ދާދި ފަހުން މެކްސިކޯގެ ގުއަޑަލުޕޭ އައިލެންޑް ގައެވެ.

މި ފޮޓޯ އާންމުވުމާ އެކު ގިނަ ބަޔަކު ދަނީ އެއީ ފައިންޑިންގ ނީމޯ ކާޓޫނުގެ ޕޯސްޓަރާ އަޅުވައި ކިޔަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ އެ ޕޯސްޓަރުގެ "ރިއަލް ލައިފް" ސީނެކެވެ.

ފޮޓޯ ނެގި ފޮޓޯގްރަފަރު ކިޔައިދިން ގޮތުގައި ކުރިމަތިން ފެންނަ މަހާއި މިޔަރާ ދެމެދު ފޮޓޯ ނެގި އިރު ހުރީ ފޫޓެއްހާ ދުރުމިނެވެ. މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ފޮޓޯގްރަފަރަށް ތަރުހީބު ދަނީ އޮހެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއިކާޅު

    ކޮމްޕިއުޓަރު ޑަނު ވަނު އިސް މޯ ނައިސޫ ވެއަރު އިސް ނީމޯ އިން ރިއަލު ޕިކު ފޭކުފޭކު

    1
    8