ކެމްބޯޑިއާގައި ވިހެއި ކުއްޖެއްގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އުފެދިފައި ނެތުމުން ސާޖަރީއެއް ކުރަން ތައްޔާރުވާން ފަށައިފިއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އެކުއްޖާގެ ނާށިިގަނޑުގެ އެއްބައި އުފެދިފައި ނެތީ"އެނެންސެފަލީ" ނަމަކަށް ކިޔާ ހާލަތެއް މެދުވެރިވެގެންނެވެ. އެ ހާލަތުގައި ނާށިގަނޑު އުފެދުމަށް ހުރަސް އެޅެއެވެ. އަދި އެހާލަތު ދިމާވަނީ މައިމީހާގެ ރަހިމުގެ ތެރޭގައި އުފެދޭ ފީޓަސް އުފެދެންޖެހޭ ވަރަށް ނު އުފެދުމުގެ ސަބަބުންނެވެ.

ކަމާ ބެހޭ ތަޖުރިބާ ކާރުން ބުނާ ގޮތުގައި ކޮންމެ އަހަރަކުވެސް، ސިކުނޑިއާއި ނާށިގަނޑު ނުއުފެދި އުފަންވާ ކުދިންގެ އަދަދު 5،000 އަށް އަރާނެއެވެ.

ކެމްބޯޑިއާގައި އެ ކުއްޖާ ލިބިފައިވަނީ ވަރަށް ފަގީރު އާއިލާއަކަށް ކަމަށްވުމުން އެ އާއިލާއިން ވަނީ މިހާރު އެކި މީހުންގެ އެހީއަށް އެދިފައެވެ. ކެމްބޯޑިއާގެ ޑޮކްޓަރުން ވަނީ އެ ކުއްޖާ ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދު ކަނޑާލާފައެވެ. ނަމަވެސް އާއިލާއިން ހިތްވަރު އެލުވައެއް ނުލައެވެ. އާއިލާއިން ބުނެފައިވަނީ އެކުއްޖާ ރަނގަޅު ކުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރު ކަމަށެވެ. ދަރިފުޅަށް ފަރުވާ ހޯދުމަށް ބޭނުންވާ ފައިސާ ނެތުމުން މިހާރު އެކުއްޖާގެ މައިންބަފައިން ވަނީ އެމީހުން ދިރިއުޅޭ ގެ ވެސް ވިއްކާލާފައެވެ.

ނަމަވެސް މިހާރު މައިންބަފައިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެމްބޯޑިއާ އިން އެފަދަ ފަރުވާއެއް ނުލިބިދާނެ ކަމުގެ ކަންބޮޑުވުމެވެ.

ކިޔުންތެރިންގެ ހިޔާލު