ދުނިޔޭގައިވާ އެންމެ ކުޅި މިރުސް ކަމަށްވާ "ކެރޮލީނާ ރެޕާ" ކޭ މީހަކު ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.

މިރުސް ކެއުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު އެމެރިކާގެ ނިއު ޔޯކް ސިޓީއަށް ނިސްބަތްވާ ތޯމަސް ވިލްޑާސަން އެޑްމިޓް ކުރެވުނީ މިރުސް ކެއުމަށް ފަހު އާދަޔާ ހިލާފަށް ބޮލުގައި ރިއްސައި ނޭމާލާން އުނދަގޫވުމުގެ ސަބަބުންނެވެ.

ތޯމަސް ބެލި ޑަކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާގޮތުން މިރުސް ކެއުމުގެ ސަބަބުން ތޯމަސްގެ ފުއްޕާމެއަށް ވަނީ ވަަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި އެ މިރުހުގެ ކުޅިކަމުގެ ސަބަބުން ސިކުނޑީގެ ބައެއް ނާރުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަވެސް ޑަކްޓަރުންނާއި ހަވާލާދީ މިޑިއާ ރިޕޯޓްތަށް ބުނެއެވެ.

ކެރޮލީނާ ރެޕާ އަކީ އެހެން އެއްޗަކާ އެއްނުކޮށް ކެއުން ހެޔޮވާވަރު އެއްޗެއް ނޫންކަމުގައިވެސް ޑަކްޓަރުން ވަނީ ބުނެފައެވެ. ކެރޮލީނާ ރެޕާއަކީ ފުރާނައަށްވެސް ނުރައްކާ ކުރާ މިރުހެއް ކަމަށްވެސް ޑަކްޓަރުން ބުނެފައިވެއެވެ. އަޖުމަ ބެލުމަށްވެސް ކެރޮލީނާ ރެޕާއެއް ނުކެއުމަށް ޑޮކްޓަރުން ވަނީ ނަސޭހަތްތެރިވެފައެވެ.

"ކެރޮލީނާ ރެޕާ" އަކީ 2013 ވަނަ އަހަރު ދުނިޔޭގެ އެންމެ ކުޅި މިރުހުގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ މިރުހެކެވެ.

މި މިރުސް ކެއުމުގެ ނުރައްކާތެރިކަން ކިތަންމެ ބޮޑު ނަމަވެސް ވާގޮތެއް ބަލާލުމަށާއި މީސް މީޑިއާގައި މަޝްހޫރުކަން ހޯދަން ވެގެން ބައެއް މީހުން މިބާވަތުގެ މިރުސް ކައެވެ. މިފަދަ މިރުސް ކާ މަންޒަރު ވީޑިއޯކޮށް އެމަންޒަރު ބައެއް މީހުން މީސް މީޑިއާގައި އާއްމު ވެސް ކުރެއެވެ. އެއީ ގިނަ މީހުންގެ ސަމާލުކަން ހޯދާ މަޝްހޫރު ވާން ވެގެން އެމީހުން ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެންދެރި

    ގިތެޔޮ މިރުހެއް ...

    11
    6
  2. ޢަލީ

    ޢަޅުގަނޑު ފުރަވެރި ރިސޯޓަށްދިޔަ ފަހަރަކު އެ ރިސޯޓުގައި ތި މިރުސް ހައްދާފައި ހުރި. ވަރަށް މީރު ތި މިރުސް.

    14
    1
    • ހުސޭނުބޭ

      މީރޭ! ސުބުޙާނަﷲ! ޢަލީ ތީ ވަރަށް ކުޅިކޮށް ކާ މީހެއްތާ!

      15