އިނގިރޭސި ވިލާތުގެ ވޯސެސްޓަރގެ ގެއެއްގައި ބޭއްވި ހައުސް ޕާޓީއެއްގެ ތެރެއިން މީހެއްގެ ސޯޓު ބޭލުމުން އައި ރުޅީގައި ސޯޓު ބޭލުވި މީހާއަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މަރާލާފައިވަނީ 48 އަހަރުގެ ޕޯލް ލުންޑީ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ނަތަން ކާލްޑަރ ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާ އާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އޭނާ ޕޯލް އަށް ހަމަލާ ދިނީ އަމިއްލަ ހަށި ރައްކާތެރި ކުރުމުގެ ގޮތުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ހާދިސާގައި މަރުވި ޕޯލް އަކީ އާންމުކޮށް އަންހެންވެރިންނަށް އޭނާގެ ޖިންސީ ގުނަވަން ދައްކައި އުޅޭ މީހެކެވެ. ނަތަންގެ ގޭގައި ބޭއްވި ޕާޓީގައި އެފަދަ އަމަލެއް ހިންގުމުން އޭނާ އަށް އިހުސާސް ކުރެވުނީ ޖިންސީ އެދުން ފުއްދަން ޕޯލް އުޅޭ ކަމަށެވެ. އަދި އެހެންވެ އަމިއްލަ ނަފްސުގެ ދިފާއުގައި ހަމަލާ ދެވުނީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާދިސާގައި ނަތަން ހައްޔަރުކޮށްފައިވާއިރު އޭނާ ވަނީ މިހާރު ކޯޓަށްވެސް ގެންގޮސްފައެވެ. ނަމަވެސް އަދި އެމައްސަލަ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އޭނާ ހުރީ އަދިވެސް ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ސިވިލައިޒްޑް މޮޑަރން ބްރިޓިޝް