ބައެއް ކާތަކެއްޗަކީ ކައްކާއިރު އެކަތި އަނެއްކައްޗާ އެއްކޮށްލެވިގެން ނުވާނެ ތަކެއްޗެވެ. ވިހަ ވެދާނެތީކީ ނޫނެވެ. ނަމަވެސް އޭގެން ދޭނެ ރަހައެއްގެ ސަބަބުންނެވެ. ނަމަވެސް ކެއްކުމާ ހަމައަށް އަންނަ އިރު އަމިއްލަ ޑިޝް އެއް ނުވަތަ ރަހައެއް ތައާރަފްކޮށްލަން ބޭނުން ނުވާނެ މީހަކު މަދު ވާނެއެވެ.

ޕިއްޒާއަށް އަލަނާސިވެސް އަޅައިފިއެވެ. މިއީ ދާދި ފަހުން އިންޓަނެޓުގައި ދައުރުވަމުންދާ އާ ޓްރެންޑެކެވެ. މިފަހަރު މި ކުރާ ކަމަކީ ނޫޑްލްސް ކައްކާ އިރު އޮރެންޖު އެޅުމެވެ. މިގޮތަށް އޮރެންޖު އަޅައިގެން ގިނަ ބަޔަކު ކައްކައި މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ފޮޓޯ އާންމުކޮށްފައިވާއިރު ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ބައެއް މީހުން ބުނާ ގޮތުގައި ބުއްދި ސަލާމަތުން ހުރި މީހަކު އެގޮތަށް ނޫޑްލްސް ނުކައްކާނެއެވެ. ނަމަވެސް ބައެއް މީހުންނަށް މި ޓްރެންޑު ވަރަށް ކަމުދެ އެވެ. އަދި މިގޮތަށް ކައްކަން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ. މި ޑިޝްއަށް މިހާރު ކިޔައި އުޅެނީ "އޮރެންޖް ނޫޑްލްސް" އެވެ.

މި ޑިޝް ތައްޔާރު ކުރުމަށް މާ ގިނަ ތަކެއްޗެއް ބޭނުމެއްވެސް ނުވެއެވެ. ސޫޕުކޮށް ނޫޑްލްސް ކައްކާ ގޮތަށް ކައްކާފައި އޮރެންޖް އަޅާލާނީއެވެ. އެހިސާބުން އެހުރީ "އޮރެންޖު ނޫޑްލްސް" ކެއްކިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު