އިނގިރޭސި ލަވަކިޔުމުގެ ދާއިރާގައި އާންމުންގެ މަޤްބޫލްކަމެއް ހޯދައިފައިވާ ދެ ލަވަކިޔުންތެރިން ކަމުގައިވާ ޗެރީލް އަން އާއި ލިއާމް ޖޭމްސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިކަމަށް ޚަބަރުތައް ބުނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ދެ ފަންނާނުން ރައްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ. މިއީ މި ދެ މީހުންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދެވަނަ ފަހަރެވެ.
ޗެރީލް އާއި ލިއާމްގެ މިފަހަރުގެ މި ދަތުރުގައި އެމީހުންގެ ދަރިފުޅު "ބެއަ" ވެސް ބައިވެރިކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މީގެ ދެ އަހަރުކުރިން ޗެރީލްއާއި ލިއާމް ދިމާވެފައިވާއިރު، އެންމެ ފުރަތަމަ ދެމީހުން ދިމާވީ ވެސް ރާއްޖޭން ކަމުގައި ޚަބަރުތައް ބުނެއެވެ.
އަދި އޭގެ ފަހުން ދެމީހުން ރައްޓެހިވެ މި ގުޅުން ކުރިއަށް ގޮސްފައިވާއިރު، މިފަހަރުގެ ޗުއްޓީ ހޭދަކޮށްލުމުގެ މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ، ދެ ލޯބިވެރިންގެ ހިތުގައިވެސް ރާއްޖެއަށް ދެވިފައިވާ ލޯތްބެއްގެ ސަބަބުން ކަމަށް އެ ދެމީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.