ކައިވެނި ޕާޓީ އަކީ ދެމަފިރިންނަށް ވެސް ގިނަ ފަހަރު ވަރަށް އުފާވެރި ޕާޓީއެކެވެ. ހާއްސަކޮށް ކައިވެނި ކުރެވޭ އަންހެނަކު ކައިވެނި ޕާޓީއަށް ކުރާ އުއްމީދު ވަރަށް ބޮޑެވެ. ނަމަވެސް މިހާރު ފޭސްބުކްގައި އާއްމުވެފައިވާ ވީޑިއޯ އަކާއި އެކު ކައިވެނި ކުރެވުނު އަންހެން މީހާއަށް އެތައް ބައެއްގެ ހަމްދަރުދީ ލިބެމުން އެބަދެއެވެ.

ވީޑިއޯ އިން ފެންނަނީ ޕާޓީއަށް ފަހު ކޭކް ފަޅާ މަންޒަރެވެ. ކޭކް ފަޅަމުން ދާއިރު ވެސް ފިރިމީހާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ކޭކް ފެޅުމަށް ފަހު އަނބިމީހާގެ އަނގައަށް ކޭކް ކޮޅު ލެވުމަށް ފަހު އަނބިމީހާގެ އަތުން ކޭކް ކޮޅެއް ކާލުމުގެ ބަދަލުގައި ފިރިމީހާ ކޭކް އަނގައަށް ލަނީ އޭނާގެ އަތުންނެވެ.

އެހާ ހިސާބުން ވެސް އަދި ނިމުނީއެއް ނޫނެވެ. ފިރިމީހާ ރުޅިވެރިކަމާއި އެކު ޝެމްޕޭން ފުޅިއެއް ހަލުވާ މަންޒަރު ދެން ފެނިގެން ދެއެވެ. އަދި ވަކި ހިސާބަކުން އެފުޅި ބިންމަތީގައި ޖަހާ ތަޅާލާ މަންޒަރު ވެސް ފެނެއެވެ. އޭރު ކައިރީގައި ކުޑަކުދިން ވެސް ތިބެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެހިސާބަށް ކަންތައް ދިއުމުން ޕާޓީގައި ތިބި ބަޔަކު ގޮސް ފިރިމީހާގެ ގައިގަ ހިފަހައްޓައެވެ.

ވީޑިއޯ ބެލި މީހުންގެ އަދަދު މިހާރު ވަނީ 14 މިލިއަނަށް އަރާފައެވެ.

https://www.facebook.com/leylam.leylam.94/videos/569550063876577/

ވީޑިއޯ އަށް ކޮމެންޓް ކުރި މީހުން ވަނީ ފިރިމީހާގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އަވަހަށް އޭނާގެ ކިބައިން ސަލާމަތްވުމަށް އަނބިމީހާ އަށް ގިނަ މީހުން ވަނީ ލަފާ ދީފައެވެ.

މިއީ ކޮން ގައުމެއްގައި ކުރި ކައިވެންޏެއް ކަމެއް ވީޑިއޯ އިން ކަށަވަރެއް ނުވެއެވެ. ނަމަވެސް ކައިވެނީގެ ވީޑިއޯ އާއްމު ކުރި މީހަކީ ޖޯކިއާ މީހެކެވެ. އެހެންކަމުން ބެލެވެނީ މިއީ އެގައުމުގައި ކުރި ކައިވެންޏެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓ

    ކެމެރާއަށް އެރި އެންމެ ރުޅިގަދަ ފިރި. ކެމެރާއަށް ނާރާ މީހުންގެ ލޯތަކަށް ނުފެންނަ އުޅޭނެ ތިޔަށްވުރެ އަނިޔާވެރި ފިރިން.

    36
    1
  2. ހަލާ

    ކިހިނެއްބާވީ އެވަރުގެ ރުޅިއެއް އަންނަން. ރުޅިއެރުވުމަކީ ގޯހެއް

  3. އަލިބެއްޔާ

    ބޯ ހަމަ ނުޖެހޭ މީހަކާ ވައްތަރީ..