ނޯތް ވޭލްސް މަގެެއްގެ މަތީގައި 250 އަށްވުރެ ގިނަ ދޫނި މަރުވެފައި ތިއްބާ ފެނިގެން އެ ދޫނިތައް މަރުވި ސަބަބު ހޯދުމުގެ މަސައްކަތް ފެށިއެވެ.

މިދިޔަ ހަފްތާ އަންގާރަ ދުވަހު މި ދޫނިތައް މަގުމަތިން ފެނުނުއިރު، އެ އެއްޗެހީގެ ގައިގައި ލޭވެސް ހުއްޓެވެ. އެ ދޫނިތައް މަރުވި ސަބަބު އަދި ހޯދިފައި ނުވާ ކަމާށް ރިޕޯޓްތައް ބުނެއެވެ.

މަރުވެފައި ތިއްބާ ފެނުނީ ސްޓާލިންގްސް ތަކެކެވެ. އެ ދޫނިތައް މަރުވެފައި ތިއްބާ ފެނުނީ، ހަންނާހް ސްޓީވެން ނަމަމަކަށް ކިޔާ ޒުވާނަކަށެވެ. އޭނާއަށް އެ ދޫނިތައް ފެނުނީ ގެއަށް ދިޔަ މަގުމަތީގައެވެ.

އޭނާ ބުނެފައި ވާ ގޮތުގައި، އެ ދޫނިތައް ފުރަތަމަ ފެނުނީ މަތީގައި އުދުހި އުދުހި ތިއްބާއެވެ. ނަމަވެސް ފަހުން އެ ދޫނިތައް ބިން މައްޗަށް ޖެއްސިއިިރު، ބެލެވޭގޮތުގައި، އެ ދޫނިތައް ތިބީ އެއްޗެހި ތަކެއް ކާށެވެ.

އަދި އޭގެ ގަޑިއެއްހާ އިރުފަހުން ފެނުނީ އެ ދޫނިތައް މަރުވެފައި ތިއްބާއެވެ.

މަރުވެފައިވާ އެ ދޫނިތަކުގެ ފޮޓޯތައް މީސް މީޑިއާއަށްލައި ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަން އެ މީހުން ވަނީ ހޯދާފައެވެ. އަދި އެ ދޫނިތައ މަރުވީ ޒަހަރް ދީގެން ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންވެ އެ ދޫނިތަކުގެ ޓެސްޓުތައް ހެދުމުގެ ކަންކަން ދަނީ ހަންނާހްމެންވެސް ކުރިއަށްގެންދަމުންނެވެ.

އަދި އެ ހިސާބުގައި އުޅޭ ފުލުހުންވެސް އެކަން ބަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު