ސްޓަރ ޕްލަސްގެ ޑްރާމާ ޔޭ ހޭ މޮހަށްބަތޭގެ ލީޑް ތަރި ކަރަން ޕަޓޭލް އާއި އަނބިމީހާ، އަދި އެކްޓަރ އަންކިތާއަށް ދަރިއަކު ލިބިއްޖެއެވެ.

މިދެމަފިރިންނަށް ދަރިއަކު ލިބުނީ އިއްޔެއެވެ. ދެ މީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

އިންޑިއާ ޓުޑޭގެ ރިޕޯޓްތައް ބުނާގޮތުގައި، އަންކިތާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ. އަދި އާއިލާއަށާއި، ހުރިހާ ފަރާތްތަކަށް އެ މީހުންނަށް ދެމުން ގެންދާ ސަޕޯޓަަށް އަދި ލޮތްބަށް އޭނާ ވަނީ ޝުުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރު މެދެއްހާ ހިސާބުވެސް އަންކިތާ ބަނޑުބޮޑުވިއެވެ. ނަމަވެސް އެ އަހަރު ޖޫން މަސް ތެރޭގަައި ދަރިފުޅު ވަނީ ބައިގެން ގޮސްފައެވެ. އެކަމާއި ދެމަފިރިންވެސް ބޮޑު ހިތާމައެއްގައި އުޅުނެވެ.

އަންކިތާގެ ދަރިފުޅު ބައިގެން ދިއުމުގެ ކުރިން ކަރަން ވަނީ ބައްޕައަކަށް ވާތީ ވަރަށް ބޮޑަށް އުފާވާ ކަމަށް ބުނެފައެވެ.

މި ދެތަރިން ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މި ދެ މީހުން ކައިވެނިކޮށް އެކަން މީސް މީޑިއާ މެދުވެރިކޮށް އެންމެންނަށް އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޫUmމު

    ޙަަހhaހަހަހަަހހަހހަހހހ