އިންޑިޔާގެ ފިލްމް ތަކުން ފެނިގެން ދިޔަ ގީތާ ސިދާތް ކަކް މަރުވެއްޖެ އެވެ. އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައެވެ.

ގީތާ ގިނަ ބަޔަކަށް އިނގެނީ 1973 ވަނަ އަހަރު ނުކުތް އެމްއެސް ސާތިއުގެ ފިލްމް ގަރްމް ހަވާ އިންނެވެ. އެ ފިލްމަށް ގައުމީ އެވޯޑްވެސް ލިބިފައި ވެ އެވެ.

ގީތާ އެންމެ ފުރަތަމަ ފެނިގެން ދިޔަ ފިލްމަކީ 1972 ވަނަ އަހަރު ނެރުނު ޕަރިކޭއިންނެވެ. އޭނާއަކީ 1970 އާއި 1980 ގެ އަހަރު ތަކުގައި ބޮލީވުޑް ސްކްރީނުގައި ވެސް ދަންނަ ތަރިއެކެވެ. އެގޮތުން އޭނާ ވަނީ ޝޮލޭ، ޑިސްކޯ ޑާންސާ ފަދަ ފިލްމް ތަކުން ފެނިގެން ގޮސްފައެވެ.

އޭނާ ކައިވެނި ކޮށްގެން އުޅުނީ ހޯސްޓް ޕްރޮޑިއުސަރ އަދި ޑޮކިއުމެންޓްރީ ފިލްމް ތައް ހަދާ ސިދާތް ކަކް އާއެވެ. މި ދެމަފިރިންގެ އަންހެން ދަރިފުޅު އަންތަރާ އަކީ ވެސް ޑޮކިއުމެންޓްރީ ފިލްމް ހަދާ މީހެކެވެ.

ގީތާ އަކީ އިޖްތިމާއި ހަރަކާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޞަޟާ

    އައި ޑޮންޓް ކެއާ