ކާކުކަން ނޭނގޭ މީހަކު، ބޮޑު އަގަކަށް ޑައިނަސޯ ކަށިތަކެއް ގަންނަން ހުށަހަޅައިފިއެވެ. މި ކަށިތައް ގަތުމަށް މި މީހާ ހުށަހަޅާފައިވަނީ ތިން މިލިޔަން ޑޮލަރުގެ ބޮޑު އަގެކެވެ.

ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހާ، މި ޑައިނަސޯ ކަށިތައް ގަތުމަށް ހުށަހަޅާފައިވަނީ ޑްރޯއައުޓް އޯކްޝަން ހައުސް ނަމަކަށް ކިޔާ ފަރާތުން ކުރިއަށް ގެންދާ ނީލަމަކަށެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މީހާ ގަތުމަށް ހުށަހަޅާފައިވަނީ ޑިޕްލޮޑޯސަސް ނަމަކަށް ކިޔާ ބާވަތެއްގެ ޑައިނަސޯއެކެވެ. އަދި، މި ކަށިގަނޑުގެ ނޭފަތުން ފެށިގެން ނަގުލާ ހަމައަށް ދިގުމިނުގައި 12 މީޓަރު ހުންނަކަމަށްވެސް ބުނެފައިވެއެވެ.

ދެން، މި މީހާ ގަތުމަށް ހުށަހަޅާފައިވަނީ އަލޯސޯރަސް ނަމަކަށް ކިޔާ ބާވަތެއްގެ ޑައިނަސޯ ކަށިގަނޑެކެވެ. މި ކަށިގަނޑުގެ ދިގު މިނުގައި ހުންނަނީ އެންމެ 3.8 މީޓަރުކަމަށްވެސް ނޫސްތަކުން އިއްޔެ ބުނެފައިވެއެވެ.

މަޝްހޫރު "އޭއެފްޕީ" ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި މި ދެ ބާވަތުގެ ޑައިނަސޯ އަކީ މީގެ 150 އަހަރު ކުރިން، ޖުރާސިކް ޒަމާނުގައި އުޅުނު ޑައިނަސޯތަކެކެވެ. އަދި، ދުނިޔޭގައި މިހާރު ނީލަމަށް ހުޅުވާލާފައިވަނީ މި ބާވަތުގެ ޑައިނަސޯގެ ފަސް ކަށިގަނޑުކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    މީގެ ދެމަސް ކުރިންވެސް ޑައިނަސޯ އުޅުން