އިންޑިއާ ފިލްމަކުން ހިތްވަރު ލިބިގެން މީހަކު އޭނާގެ އަންހެނުން މަރާލައި، މަރު ފޮރުވަން މަސައްކަތް ކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޓަމިލްނާޑޫއަށް ނިސްބަތްވާ ޕްރޭމް ކުމާރުު ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ، އޭނާގެ އަންހުން މަރާލާފައިވަނީ ކެރެލާގެ ތިރިވަނަންތަޕުރަމުގައެވެ. އަންހެނުން މަރާލުމަށްފަހު އޭނާ ވަނީ އަންހެނުންގެ ހަށިގަނޑު ޓަމިލް ނާޑޫގައި ފޮރުވައި، އަންހެނުންގެ ފޯނު ރޭލެއްގައި ފޮރުވާފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާ މިހެން އަމަލުކޮށްފައިވަނީ މަލަޔާލަމް ބަހުން އުފައްދާފައިވާ އިންޑިއާ ފިލްމެއް ކަމަށްވާ "ޑްރިޝްޔަމް" ފިލްމުން ހިތްވަރު ލިބިގެންނެވެ.

ޕްރޭމް ކުމާރު އޭނާގެ އަންހެނުން މަރާލީ، އޭނާ ގެ ވަގު ލޯބިވެރިޔާ ފަޅާ އެރުމުންނެވެ. އަދި އެ ގަތުލުގައި ޕްރޭމް ކުމާރާއެކު އޭނާގެ ލޯބިވެރިޔާ ވިދްޔާވެސް ވަނީ ބައިވެރިވެފައެވެ. އެ ދެ މީހުން ވެގެން އޭނާގެ އަންހެނުން މަރާލާފައިވަނީ ކެރެލާއިން ގެއެއް ކުއްޔަށް ނަގައިގެން އެގޭ ތެރޭގައެވެ. އަދި އަންހެނުންގެ ހަށިގަނޑު ފޮރުވާފައިވަނީވެސް އެ ދެމީހުން ވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.

އެއަށްފަހު އޭނާ ވަނީ ފުލުހަށް ގޮސް އޭނާގެ އަންހެނުން ގެއްލިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް ފަހުން ފުލުހުންގެ ތަހުގީގަށް ވަނީ ޕްރޭމް ކުމާރުގެ އަންހެނުން ގެއްލުނު އިރު ހުރީ އޭނާގެ ގާތުގައި ކަން އެނގިފައެވެ. ފަހުން ޕްރޭމް ކުމާރު ވަނީ އޭނާގެ އަންހެނުން މަރާލީ އޭނާ ކަމަށް އެއްބަސްވެފައެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާއިރު އޭނާގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު